ބޭރުގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ދިމާވާ ގޮންޖެހުންތަކާއި ގުޅިގެން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދާ ސުވާލު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރަން ހުށައަޅައިފިއެވެ.

ވަޒީރާ ސުވާލުކުރުމަށް މަޖިލީހަށް ހާޒިރުކުރުމަށް ހުށައަޅާފައި ވަނީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގުއެވެ. އެގޮތުން މެމްބަރު އަޒާން ވަނީ "އެކްސް"ގައި އޭނާ ފޮނުއްވި ސިޓީ އާންމުކުރައްވާފައެވެ.

އަޒާން ވަނީ ދެ ސުވާލެއް ވަޒީރާ ލިޔުމުން ޖަވާބު ފޮނުއްވައި ދެއްވުމަށް ވެސް އެދިވަޑައިގެންފައެވެ. އެގޮތުން ދަރިވަރުންގެ ސްޓައިޕެންޑް ފައިސާ ޖަމާކުރުމާއި ދައްކަންޖެހޭ ޓިއުޝަން ފީތައް ދެއްކުން ލަސްވަނީ ކީއްވެކަމާއި، އެގޮތަށް ލަސްވުމަށް މެދުވެރިވާ ސަބަބު ނައްތާލުމަށް ކުރެވިފައިވާ މަސައްކަތަކީ ކޮބައިކަން ސާފުކޮށްދިނުމަށް ހުށަހަޅުއްވާފައިވާއިރު، ދަރިވަރުން ފޮނުވާފައިވާ އީމެއިލް އަދި ސިޓީތަކަށް ޖަވާބުދިނުން ލަސްވަނީ ކީއްވެކަން ސާފުކުރުމަށް ވެސް އަޒާން ވަނީ އެދިވަޑައިގެންފައެވެ.

މީގެ އިތުރުން އަޒާން ވަނީ ލޯނު އަދި ސްކޮލަރޝިޕްތަކުގައި ރާއްޖެއިން ބޭރުގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް ދިމާވާ ބައެއް ގޮންޖެހުންތަކާއި ގުޅޭގޮތުން ދަރިވަރުން ހިއްސާކޮށްފައިވާ ޝަކުވާތަކާއި ގުޅިގެން، ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. ހައިދަރު މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރުމަށްވެސް ހުށަހަޅައިފައެވެ.

ބާސެލޯނާގައި ކިޔަވަމުންދާ ދަރިވަރުންނަށް މާލީ ގޮތުން ދަތިތަކެއް ދިމާވެ، އެ މައްސަލަތައް ސިޓީއެއް މެދުވެރިކޮށް މިދިޔަ މަހުގެ 22ގައި ހަޔާ އެޑިއުކޭޝާން މިނިސްޓްރީއާ ވަނީ ހިއްސާކޮށްފައެވެ. މި ސިޓީގައި ސްޓޫޑަންޓް ލޯން ނުވަތަ ސްކޮލާޝިޕްގެ ދަށުން ކިޔަވަމުން ގެންދާ ދަރިވަރުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް އެ ދަރިވަރުންގެ ފަރާތުން ހިއްސާކޮށްފައިވީ ނަމަވެސް އެކަމަށް އެދެވޭ ޖަވާބެއް މިނިސްޓްރީގެ ފަރާތުން ލިބިފައި ނުވާތީ، ގިނަ ދަރިވަރުން ވަނީ އެކަމާއި ކަންބޮޑުވުން ފާޅުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން