ޕޮލިސް ބޯޑަށް އާންމުންގެ ތެރެއިން އައްޔަނުކުރާ ފަރާތްތައް މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން އެކުލަވާލެވޭ ޕޮލިސް ބޯޑަށް އާންމު ރައްޔިތުންގެ ތެރެއިން ކުރިމަތިލާ މީހުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ދެ މެންބަރުންގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލީ މިދިޔަ މަހުއެވެ.
އެ އިއުލާނާ ގުޅިގެން މި މަގާމުތަކަށް ކުރިމަތިލެއްވީ 4 ބޭފުޅުންނެވެ.
އޭގެ ތެރޭގައި ހިމެނެނީ މުހައްމަދު ސާދިގް، ދަފްތަރު ނަންބަރު ރސ 6613 އާއި އަހުމަދު މިޒްމާދު، މއ. ލޫޕިން އާއި އަހުމަދު މުއާވިޔަތު ގާސިމް، ފަހެލާ / ގއ. ކޮނޑޭ އަދި ނިސްބާހު ހަސަން، ދޭލިޔާގެ، ގދ. މަޑަވެލި އެވެ.
މި ބޭފުޅުންގެ ތެރެއިން ބޯޑަށް އައްޔަނު ކުރަން ފާސްވީ މުހައްމަދު ސާދިގް އާއި އަހުމަދު މިޒްމާދު އެވެ. މި ދެ ބޭފުޅުން ޕޮލިސް ބޯޑަށް އައްޔަނު ކުރުމަށް ފާސްވީ މަޖިލީހުގެ 64 މެމްބަރުންގެ ވޯޓާއެކު އެވެ.
ފުލުހުންގެ ބޯޑަކީ 7 މެމްބަރުންގެ މައްޗަށް އެކުލެވިގެންވާ ބޯޑެކެވެ. މި ބޯޑުގައި ހިމެނިވަޑައިގަންނަވަނީ ރައީސް އައްޔަންކުރައްވާ 2 މެންބަރުންނާއި، ފަންނީ ދާއިރާއަކުން ތައުލީމާއި ތަޖުރިބާ ލިބިފައިވާ 3 މެންބަރުންނާއި އަދި އާންމު ރައްޔިތުންގެ ތެރެއިން ކުރިމަތިލާ 2 މެމްބަރުންނެވެ.

ކިޔުންތެރިންގެ ހިޔާލު