މަރުކަޒީ ބެންކު، އެމްއެމްއޭއިން ސަރުކާރަށް ފައިސާ ހޯދައިދިނުމަށް ހުޅުމާލެއިން ބިމެއް ގަންނަން އުޅޭކަމަށް ބުނާ ވާހަކައާ ގުޅިގެން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާ ސުވާލު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙްމަދު ނަސީމް މިއަދު ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ނޯޓިސްއެއް އޭނާ ވަނީ އެކްސްގައި އާންމު ކުރައްވާފައެވެ. އޭގައިވާގޮތުން، ފިނޭންސް މިނިސްޓަރާ ކުރުމަށް ހުށަހަޅާފައިވަނީ އެމްއެމްއޭ އިން 14 ބިލިއަން ރުފިޔާއަށް ހުޅުމާލެއިން ބިމެއް ގަންނަން ނިންމާފައިވާކަމަށާއި އެކަމުގެ ސަބަބުން ކުރިން އިގުތިސާދުގައި ދައުރުވަމުން ނުދާ ދިވެހި ރުފިޔާ އިގުތިސާދުގައި ދައުރުވާން ފަށާނެކަމަށް ގަބޫލު ކުރައްވާތޯ ވިދާޅުވެ ކުރައްވާފައިވާ ސުވާލެވެ.

އެ މައްސަލާގައި މިހާތަނަށް ސަރުކާރުން ވެސް އަދި އެމްއެމްއޭ އިން ވެސް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

އަދި ސަރުކާރު ހިންގާ ޕީއެންސީގެ މަޖިލިސް މެންބަރުންގެ މެދުގައި ވެސް އެކަމުގައި ކަންބޮޑުވުންތަކެއް ހުރިކަން ދަނީ ފާޅުކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން