ސުޕްރީމް ކޯޓުގެ ބެންޗުގައި ހިމެނޭ ފަނޑިޔާރުންގެ އަދަދު 7 އިން 5 އަށް މަދުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ ބޭނުމަކީ ފަނޑިޔާރުން ބިރުވެރިކަމެއްގެ ތެރޭގައި ބޭތިއްބުން ކަމަށް ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަޙްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ސުޕްރީމް ކޯޓުގެ ބެންޗުގައި ހިމެނޭ ފަނޑިޔާރުންގެ އަދަދު 5 އަށް ދަށްކުރުމަށް ޕީއެންސީގެ ސުޕަރ މެޖޯރިޓީން ފާސްކޮށްފައި ވަނިކޮށް، އެ ބިލުގައި ގާނޫނުއަސާސީއާ ހިލާފުވާ ބައެއްކަންކަން ހުރިކަމަށް އެޓާނީ ޖެނެރަލް ލަފާދެއްވާފައިވާތީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެ ބިލު ތަސްދީގު ނުކުރައްވާ ވަނީ އަނބުރާ މަޖިލީހަށް ފޮނުވާލައްވާފައެވެ.
އަދި އަލުން އެ ބިލުގެ މައްސަލަ މިއަދު އެޖެންޑާކޮށް މަޖިލީހުގައި ބަހުސް ކޮށްފައިވާއިރު މިއަދު ކުރިއަށްދިޔަ ބަހުސްގައި ޕީއެންސީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ވަނީ މިއަދު އެނގިގެން ދިޔައީ މަޖިލީހަކީ ރައީސް އަންގާހާ ގޮތަކަށް ކަންކުރާނެ މަޖިލީހެއް ނޫންކަންކަމަށްް ވިދާޅުވެފައެވެ.
ފަލާޙް އެހެން ވިދާޅުވުމުން އަޙްމަދު މުޢިއްޒު އެކްސްގައި ރަށްދުދެއްވަމުން ވިދާޅުވީ، މަޖިލިސް ފެންނަނީ ހަމަ ސީދާ ރައީސް އަންގަވާ ކޮންމެ ގޮތަކަށް މަސައްކަތްކުރާ މަޖިލީހެއްގެ ގޮތުގައި ކަމަށެވެ.
އަދި ބިލް ކޮމެޓީއަށް ފޮނުވީ ވެސް ރައީސް ބޭނުންފުޅުވީތީ ކަމަށާއި މަޖިލިސް މިނިވަންނަމަ ގާނޫނުއަސާސީއާ ހިލާފުކަމަށް އެޓާނީ ޖެނެރަލް ވިދާޅުވެފައި އޮތް ބިލެއް މަޖިލީހުން ބޭރުކޮށްލީސް ކަމަށް ވެސް މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
އޭނާ އިތުރަށް ވިދާޅުވީ، ބިލު އަނެއްކާ ވެސް ހުށަހަޅައިގެން ކުރިއަށް ދިޔުމުގެ ބޭނުމަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބިރުވެރިކަމެއްގެ ތެރޭގައި ބޭތިއްބުން ކަމަށެވެ.
“މިއަދު މަޖިލީހުގައި ކަން ހިނގި ގޮތުން އެނޫން ދޭހައެއް ނުކުރެވޭ. އަދި ތިޔަ ބިލު ފާސްވެސް ކުރާނެ. ރައީސް ބޭނުންފުޅުވާ ގޮތަށް ފަނޑިޔާރުން ވަކިވެސް ކުރާނެ. އެހާވެސް ނިކަމެތި ހާލަތެއްގައި މަޖިލިސް އޮތީ!” އެކްސްގައި ކުރެއްވި ޕޯސްޓްގައި މުޢިއްޒު ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު