އއ. ތޮއްޑޫގައި ބަރަހަނާކޮށް ބީޗްގައި އުޅުނު މައްސަލައެއް ފެންމަތިވެއްޖެއެވެ.

ފުލުހުން މިރޭ ބުނީ، ތޮއްޑޫގައި ހުންނަ ގެސްޓްހައުސްއަކަށް އައިސް އުޅުނު ރަޝިއާގެ ފިރިހެން ފަތުރުވެރިއަކު އެ ރަށު ވަޅުމަގުކޮޅު ބީޗްގައި ބަރަހަނާކޮށް އުޅުނު މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.

އަދި މި މައްސަލައާ ގުޅިގެން ފުލުހުން ސީން އަށް ދިޔައިރު ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފުލުހުންނަށް އޭނާގެ ފަރާތުން އަނިޔާވެ ފުލުހުންގެ ވެހިކަލަށް ވެސް ގެންލުން ލިބިފައިވާކަމަށް ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އެ މީހާ މިހާރުވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައި ކަމަށެވެ.

އަދި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން