ރާއްޖޭގައި ސްކޭމްގެ މައްސަލަތައް ރިޕޯޓްކުރަން ޚާއްސަ ކޯލް ސެންޓަރެއް ފުލުހުންގެ ޚިދުމަތުން ގާއިމްކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެންޓި ސްކޭމް ހޮޓްލައިން ނަންބަރަކީ 125 ކަމަށެވެ. އެ ނަންބަރުގެ އިތުރުން ނޭޝަނަލް އިމަޖެންސީ ނަންބަރު 911 އަށް ގުޅައިގެން ވެސް އެފަދަ މައްސަލަތައް ރިޕޯޓްކުރެވޭނެ ކަމަށް ފުލުހުން ބުނެއެވެ. އަދި ހަމަ އެގޮތަށް ރާއްޖޭގެ ކޮންމެ ޕޮލިސް ސްޓޭޝަނަކަށް ވެސް ސްކޭމްގެ މައްސަލަތައް ހުށަހެޅޭނެ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން ބުނީ މުޅި ރާއްޖޭގައި ހިނގާ ސްކޭމްގެ މައްސަލަތަކާ ގުޅޭ އެންމެހައި ފިޔަވަޅުތައް އެޅުމާއި އެހެނިހެން އިދާރާތަކާއެކު ކުރަންޖެހޭ މުއާމަލާތްތައް މަރުކަޒީ ގޮތެއްގައި ދެން ބަލަހައްޓާނީ އެންޓި ސްކޭމް ސެންޓަރުން ކަމަށެވެ.
އެންޓި ސްކޭމް ކޯލް ސެންޓަރަށް މައްސަލަ ރިޕޯޓުކުރާ ވަގުތުން ފެށިގެން މާލީ އިދާރާތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ފުލުހުން ވަނީ ސްކޭމަރެއްގެ ޝިކާރައަކަށްވެފައިވާ އެއްވެސް ފަރާތެއް ވާނަމަ ލަސްނުކޮށް ކޯލް ސެންޓަރަށް ގުޅައި އެކަން ރިޕޯޓްކުރުމަށް އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު