މަރުކަޒީ ބޭންކު އެމްއެމްއޭއިން އެޗްޑީސީގެ މިލްކިއްޔާތުގައިވާ ބިމެއް ގަތުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތް ބެއްލެވުމަށް އެދި މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.
އެމްޑީޕީއަށް ނިސްބަތްވާ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ހުށަހެޅުއްވި ގަރާރުގެ ފުރަތަމަ ކިއުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވައިފަ އެވެ.
އެ ގަރާރުގައި ޝަމްހީދު ވިދާޅުވީ އެމްއެމްއޭގެ އޮފީސް ހިންގުމަށް ބޭނުންވާ މިންވަރަށް ވުރެ އިތުރަށް އިމާރާތްތަކާއި ބިންތައް ހޯދާން ޖެހޭނެ މަގުބޫލު އެއްވެސް ސަބަބެއް ނޯންނާނެ ކަމަށެވެ. އަދި އެކަމުގައި ފޮރުވިފައިވާ ކަންތައްތަކެއް އޮތްކަމުގެ ފުރުސަތު ބޮޑު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަދި ދައުލަތުން ކުރަން އުޅޭ ކަމަކީ އެމްއެމްއޭއިން ފައިސާ ނެގުން ކަމަށާއި އެއާއެކު ބޭރު ފައިސާގެ އަގު އިންތިހާއަށް މަތިވެ ރާއްޖޭގެ މުދަލާއި ހިދުމަތްތަކުގެ އަގު އިންތިހާއަށް މަތިވެގެންދާނެ ކަމަށް ޝަމްހީދު ވިދާޅުވި އެވެ.
ހަމަ އެހެންމެ އެ ކަންކަން ކުރަން އުޅެނީ މި އަހަރަށް ފާސްކޮށްފައިވާ ބަޖެޓާ ހިލާފަށް މަޖިލީހުގެވެސް ހުއްދައާ ނުލައިކަން ޝަމްހީދު ފާހަގަކުރެއްވި އެވެ.
އެހެންވެ އެކަމުގައި މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ބެލުމަށް ޝަމްހީދު ހުށަހެޅުއްވި އެވެ.
އެމްއެމްއޭއިން ބިން ގަތުމުގެ މުއާމަލާތެއް ހިންގަން އުޅޭ ކަމަށް އަޑުފެތުރުނު ނަމަވެސް ފައިސާ ޗާޕު ނުކުރާނެ ކަމަށް ސަރުކާރުން ދަނީ ބުނަމުން ނެވެ.

ކިޔުންތެރިންގެ ހިޔާލު