ރާއްޖޭގެ ހަތަރު ރަށެއްގައި އަލަށް އެކްސްރޭގެ ހިދުމަތް ފަށަން ތައްޔާރުވެފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ހެލްތު މިނިސްޓްރީން ބުނީ އެކްސްރޭގެ ހިދުމަތް ނުލިބޭ ހަތަރު ރަށެއްގައި އެ ހިދުމަތް ފަށަން ތައްޔާރުވެފައިވާ ކަމަށާއި އެގޮތުން އެ ހިދުމަތް އަލަށް ފަށަނީ ނ. ހޮޅުދު އާއި އެ އަތޮޅު ވެލިދު އާއި ށ. މިލަންދޫގެ އިތުރުން އދ. މާމިގިލީގައި ކަމަށެވެ.

މިނިސްޓްރީން ބުނީ އެ ރަށްތަކުގައި އެކްސްރޭގެ ޚިދުމަތް ފެށުމަށް ކުރަންޖެހޭ އިދާރީ ހުރިހާ މަސައްކަތްތަކެއް ނިންމައި، އަންނަ މަހު އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ ކަމަށެވެ.

މި ޚިދުމަތް ދިނުމަށްޓަކައި އިމާރާތަށް ގެންނަން ޖެހޭ ބަދަލުތަކާއި، މެޝިން އިންސްޓޯލް ކުރުން ފަދަ ކަންކަން ހިމެނޭ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

އަތޮޅު ހޮސްޕިޓަލްތަކާއި ރީޖަނަލް ހޮސްޕިޓަލްތައް އަދި ސިއްޙީ މަރުކަޒުތައް ތަރައްޤީކޮށް މާލެ އަށް ބޭސް ފަރުވާ ހޯދަން އައުން މަދުކުރުމަކީ ސަރުކާރުގެ ވައުދެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން