ފަލަސްޠީނުގެ ޣައްޒާއަށް އިސްރާއިލް ސިފައިން ދެމުންދާ ހަމަލާތައް ދިވެހިރާއްޖެއިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
ރެއިން ފެށިގެން އިސްރާއިލް ސިފައިން ފަލަސްޠީނުގެ ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް އެ ޤައުމުގެ ކުށެއްނެތް ކުޑަކުދިން ހިމެނޭގޮތުން 400 މީހަކު ވަނީ ޝަހީދުކޮށްލާފައެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނެއެވެ.
މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއީ ދުނިޔޭގެ ޤާނޫނުތަކާއި ބައިނަލްއަޤްވާމީ އިންސާނީ ހައްޤުތަކަށް ބަލާއިރުވެސް ބަލައިގަނެވޭނެކަމެއް ނޫންކަމަށެވެ. އަދި މި ހަމަލާތައް ދެމުންދަނީ ބަރަކާތްތެރި ރަމަޟާންމަހުކަމަށްވާތީ ދިވެހި ޚާރިޖިއްޔާ ވަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
މި މައްސަލައިގައި ފޮރިން މިނިސްޓްރީގެ ބަޔާނުގައި ރާއްޖެއިން ވަނީ ބައިނަލްއަޤްވާމީ ދުނިޔެއަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާފައެވެ. ރާއްޖެއިން އަބަދުވެސް ދަނީ ފަލަސްޠީނާއެކު އޮތްކަން ހާމަކުރަމުންނެވެ. އަދި ބައިނަލްއަޤްވާމީ އެކިއެކި ޕްލެޓްފޯމްތަކުގައިވެސް ރާއްޖެއިން އަންނަނީ ޔަހޫދީން ފަލަސްޠީނަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށް ވަކާލާތުކޮށް އެކަމަށް އަޑުއުފުލަމުންނެވެ.
މިއީ މިދިޔަ ޖަނަވަރީ މަހުގެ 19 ވަނަ ދުވަހު ހަނގުރާމަ މެދުކަނޑާލިފަހުން އިސްރާއިލުން ޣައްޒާއަށް ދިން އެންމެ ވަރުގަދަ ހަމަލާތަކެވެ.
އިސްރާއިލުގެ ބޮޑުވަޒީރު ނަތަންޔަހޫ ނެރުނު ބަޔާނެއްގައި ބުނީ އެއީ އިސްރާއީލުގެ ހަނގުރާމައިގެ މަގްސަދުތައް ހާސިލްކުރުމުގެ ބޭނުމުގައި ދެމުންގެންދާ ހަމަލާތަކެއް ކަމަށެވެ.
ގާޒާއަށް އަލުން ހަމަލާތައް ދޭން ފެށުމާ ގުޅިގެން ހަމާސް ޖަމާއަތުން ބުނީ އިޒްރޭލުން ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުމާ ކަނޑައެޅިގެން ހިލާފުވެފައިވާ ކަމަށެވެ. އަދި މިކަމާ ގުޅިގެން އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ ޖަވާބުދާރީކުރުވަން ހަމާސް އިން ވަނީ ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު