ފަސް އަހަރު ފަހުން ނޫނީ ދެވަނަ ފަހަރަށް ހައްޖަށް ނުދެވޭ ގޮތަށް ބަދަލުކޮށް ހައްޖަށް ގެންދިއުމާއި ގުޅޭ ހާއްސަ އުސޫލު މިއަދު އާންމުކޮށްފިއެވެ.
ހައްޖު ކިއު ކުޑަކުރުމުގެ ގޮތުން ފައިސާ ދައްކާ ފަރާތްތަކަށް ހައްޖަށް ދިޔުމުގެ ފުރުސަތު ދިނުމުގެ ގޮތުން ސިޔާސަތަށް ބަދަލު ގެނެސް ހައްޖާއި ގުޅޭ މުހިއްމު ކަންކަން ހިމެނޭ އާ އުސޫލު އިސްލާމިކް މިނިސްޓްރީން މިއަދު ވަނީ ގެޒެޓުކޮށް އަމަލުކުރަން ފަށާފައެވެ. އާ އުސޫލުގައި ބުނީ ކުރިން ހައްޖުގެ އަޅުކަން އަދާކޮށްފައިވާ މީހަކަށް އިތުރު ފުރުސަތެއް ދެވޭނީ، އެންމެ ފަހުން ހައްޖުގެ އަޅުކަން އަދާކުރިތާ ހިޖުރީ ގޮތުން ފަސް އަހަރު ފުރުމުން ކަމަށެވެ.
އާ އުސޫލުގައި ގެނައި މުހިންމު އެހެން ބަދަލުތަކުގެ ތެރޭގައި އަލަށް ހައްޖުގެ އަޅުކަން އަދާކުރަން އެދޭ ފަރާތްތަކަށް އިސްކަންދިނުމާއި ހައްޖުގެ އަޅުކަން އަދާކޮށްފައިނުވާ ފަރާތްތަކުގެ ތެރެއިން އުމުރުން 65 އަހަރުން ފެށިގެން މަތީގެ ފަރާތްތަކަށް ކޮންމެ އަހަރަކު ހައްޖު ކޯޕަރޭޝަނުން ވަކި އިންސައްތައެއް ކަނޑައެޅުން ހިމެނެއެވެ. މީގެ އިތުރުން ހައްޖުގެ އަޅުކަން އަދާކޮށްފައިނުވާ އުމުރުން 75 އަހަރުން ފެށިގެން މަތީގެ މީހުންގެ ތެރެއިން ސިއްހީ ހާލަތަށް ބަލައި ހައްޖު ކޯޕަރޭޝަނުގެ ލިސްޓުގައި ހިމެނެ އާއިލާ މީހަކު އެހީތެރިއެއްގެ ގޮތުގައި ގެންދިއުމުގެ ފުރުސަތު އަލަށް އަމަލުކުރަން ފެށި އުސޫލުގައި ވަނީ ދީފައެވެ.
އާ އުސޫލުގައި ބުނީ ކުރިން ހައްޖުގެ އަޅުކަން އަދާކޮށްފައިވާ މީހަކަށް އިތުރު ފުރުސަތެއް ދެވޭނީ، އެންމެ ފަހުން ހައްޖުގެ އަޅުކަން އަދާކުރިތާ ހިޖުރީ ގޮތުން ފަސް އަހަރު ފުރުމުން ކަމަށެވެ.
އާއުސޫލުގައި ބުނެފައިވަނީ އެހީތެރިއެއްގެ ގޮތުގައި ގެންދެވޭނީ ކުރިން ހައްޖުގެ އަޅުކަން އަދާކޮށްފައި ނުވާ އަދި ހަައްޖު ކޯޕަރޭޝަނުގެ ލިސްޓުގައި ހިމެނޭ އާއިލާ މީހެއް ކަމަށެވެ. އަދި ހައްޖުގެ އަޅުކަން އަދާކޮށްފައިވާ މީހެއް އެހީތެރިއެއްގެ ގޮތުގައި ގެންދިއުމުގެ ފުރުސަތު ދޭނީ ހައްޖު ކޯޕަރޭޝަނުގެ ލިސްޓުގައި އާއިލާ މީހަކު ނެތި ހައްޖުގެ އަޅުކަން އަދާކޮށްފައިނުވާ މީހަކު އޭނާއަށް ލިބެން ނެތް ހާލަތުގައި ކަމަށް ވެސް އުސޫލުގައިވެއެވެ.
އާ އުސޫލާއެކު ހައްޖަށް ދިއުމަށް ޓަކައި އެއްކޮށް ފައިސާ ދެއްކޭ ގޮތަށް ނުވަތަ ބައިބަޔަށް ބަހާލައިގެން ފައިސާ ދެއްކޭނެފަދަ ނިޒާމަކާއި ހައްޖު ކިއު ލިސްޓު ކުޑަކުރެވޭނެ ނިޒާމެއް ގާއިމުކުރުމަށް ވެސް ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު