ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ފަރާތްޕުޅުން އޭނާގެ ވަކީލު އިބްރާހީމް ޝަމީލު ނޫސް ބަޔާން ނެރުއްވާތީ ވެސް ސުލޫކީ މައްސަލައެއް ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ފަރާތްޕުޅުން އޭނާގެ ވަކީލު މިފަހުން ވަނީ ގިނަ ބަޔާންތަކެއް ނެރެފައެވެ. އެގޮތުން ބަންދު އަމުރަކަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގެ ތަހުގީގުގެ ފުރަތަމަ ރިޕޯޓް ލިބުމުން، އެ ރިޕޯޓްގައި ހުރި ވާހަކަތަކާ ގުޅޭ ގޮތުން ވެސް އިއްޔެ ވަނީ އަޒްމިރާލްދާ ވަކީލުގެ ފަރާތުން ނޫސް ބަޔާނެއް ނެރެފައެވެ. އެކަމާ ގުޅިގެން ޖޭއެސްސީން އިއްޔެ މެންދުރުފަހު ބޭއްވި ކޮމިޝަނުގެ ބައްދަލުވުމެއްގައި ވަނީ އެމައްސަލަ ބަލަން ނިންމާފައެވެ. މައްސަލަ ބެލުމަށް ކޮމިޝަނުގައި ތިއްބަވާ ބައެއް ފަނޑިޔާރުން ދެކޮޅު ހެއްދެވި ނަމަވެސް އެހެން މެންބަރުންގެ ވޯޓާއެކު އެގޮތަށް ވަނީ ފާސްކޮށްފައެވެ.
ފަނޑިޔާރު އަޒްމިރާލްދާ އާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ މައްޗަށް ދެ މައްސަލައެއް ޖޭއެސްސީން މިހާރު ވަނީ ބަލަން ފަށާފައެވެ.
އެއީ އަޒްމިރާލްދާގެ ފިރިކަލުން، އައިޖީއެމްއެޗްގެ ޑޮކްޓަރ އިސްމާއީލް ލަތީފް މާސާޖު ޕާލާ އަކުން ފުލުހުން ހައްޔަރު ކުރުމުން އޭނާ ބަންދު ކުރިޔަ ނުދޭން ކްރިމިނަލް ކޯޓުގެ ބައެއް ގާޒީންނަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައަކާއި ހައި ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް، ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު އޭނާއާ ހުތުރުކޮށް ވާހަކަ ދެއްކެވި ކަމަށް ބުނާ ތަނެއްގައި އަޒްމިރާލްދާ އާއި މަހާޒު ތިއްބެވި ކަމަށް ބުނާ މައްސަލަ އެކެެވެ. އެ ދެ މައްސަލަ ޖޭއެސްސީ އިން ބަލަމުންދާތީ ދެ ފަނޑިޔާރުން މިވަގުތު ތިބީ ސަސްޕެންޑްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު