އަމިއްލަ ނަފްސަށް އިތުބާރު ކުރެވުމުން ދިރިއުޅުން އުފާވެރި ވާނެ، ފޮޓޯ: ގޫގުލް
އަމިއްލަ ނަފްސަށް އިތުބާރު ކުރެވުމުން ދިރިއުޅުން އުފާވެރި ވާނެ، ފޮޓޯ: ގޫގުލް
ދިރިއުޅުމުގައި ކާމިޔާބުވާން ބޭނުންވާނަމަ އަމިއްލަ ނަފްސަށް އިތުބާރު ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އެހެންނަމަވެސް ބައެއް ކަހަލަ ހާލަތުތައް ދިމާވުމުން އަމިއްލަ ނަފްސުގެ މައްޗަށް އޮންނަ އިތުބާރު ގެއްލި، އަމިއްލަ ގާބިލިއްޔަތުތަކާ މެދު ޝައްކު އުފެދުމަކީ ވަރަށް ގިނަ މީހުންނަށް ދިމާވާ ކަމެކެވެ. މިފަދަ ހާލަތްތަކުގައި، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު އިތުރުކުރުމަށް މަސައްކަތް ކުރުމަކީ މުހިންމު ކަމެކެވެ.

މިފަހަރު މި ހިމަނާލަނީ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު އިތުރު ކުރެވޭނެ ބައެއް ގޮތްތަކެެވެ.

ހުނަރުތައް ދެނެގަތުން

ކޮންމެ މީހަކީވެސް ތަފާތު މީހެކެވެ. އެކި މީހުންގެ ކިބައިގައި ހުންނާނީ އެކިކަހަލަ ހުނަރުތަކެވެ. އަމިއްލަ ނަފްސުގެ ހުނަރުތައް ދެނެގަތުމަކީ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. އަމިއްލަ ނަފްސުގެ ހުނަރުތައް ދެނެގަތުމުން، އެ ހުނަރުތައް ތަރައްޤީކޮށް، އިތުރަށް ކުރިއެރުވުމަށް މަގުފަހިވެގެންދާނެއެވެ. މީގެ ސަބަބުން އަމިއްލަ އިތުބާރު އިތުރުވެ، އަމިއްލަ ނަފްސުގެ މައްޗަށް އޮންނަ ޔަގީންކަން ވަރުގަދަ ވެގެންދާނެއެވެ.

ނަފްސަށް އަޅާލުން

އަމިއްލަ ނަފްސަށް އަޅާލުމަކީ އެމީހެއްގެ ނަފްސަށް އޮންނަ އިތުބާރު އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މިކަމުގެ ސަބަބުން އަމިއްލަ ނަފްސާމެދު ހެޔޮ ގޮތުގައި ވިސްނުމަށް މަގުފަހި ވެގެންދާނެއެވެ. އަދި އަމިއްލަ ނަފްސުގެ މައްޗަށް އޮންނަ ޔަގީންކަންވެސް ވަރުގަދަވެގެން ދާނެއެވެ.

ކުށްތައް ގަބޫލު ކުރުން

ކޮންމެ އިންސާނަކަށްވެސް ކުށް ކުރެވޭނެއެވެ. އެމީހަކަށް ކުރެވޭ ކުށްތައް ގަބޫލު ކުރުމަކީ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު އިތުރު ކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ. މިކަމުގެ ސަބަބުން އެމީހަކަށް ކުރެވޭ ކުށްތައް އިސްލާހުކޮށް، ނަފްސު ތަރައްގީ ކުރުމުގެ މަގު ފަހިވެގެންދާނެއެވެ. މީގެ ސަބަބުން އެމީހެއްގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު އިތުރުވެ، ނަފްސުގެ މައްޗަށް އޮންނަ ޔަގީންކަންވެސް އިތުރުވާނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން