ބައިބަލާ ކުޅެވޭނެތަނެއް އުސްފަސްގަނޑުގައި ސަރުކާރުން ހަދައިދީފި އެވެ.
އެ މަސައްކަތްކުރީ ލޯކަލް ގަވާމަންޓް މިނިސްޓްރީގެ ބެލުމުގެ ދަށުން ނެވެ.
އެ މިނިސްޓްރީން ބުނީ މިއީ މާފަންނު ސަހަރާގައި ބައިބަލާ ކުޅުމަށް ޒުވާނުންގެ ތެރޭން ބަޔަކު ތައްޔާރުވުމުން، ރައްޔިތުންގެ ތެރޭގައި އުފެދުނު ހިޔާލުތަފާތުވުމަކާ ގުޅިގެން ކުރި މަސައްކަތެއް ކަމަށެވެ.
އެގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ޕަބްލިކް ވޯކްސް ޑިޕާޓްމަންޓުގެ މުވައްޒަފުން ބައިބަލާ ކުޅޭނެތަނެއް ހެދުމުގެ މަސައްކަތް އިއްޔެ ހެނދުނު ފަށައި އެ މައިދާނުގައި ކުޅެވޭ ވަރަށް މަސައްކަތް ރޭ ނިންމިކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
މީގެ ކުރިން މާފަންނު ސަހަރާގައި ބައިބަލާ ކުޅޭތަން ހެދީ މާލޭ ސިޓީ ކައުންސިލަށް ނޭނގިކަމަށް އެ ކައުންސިލުން ވަނީ ބުނެފަ އެވެ. އަދި ފަހުން މާލޭ ސިޓީ ކައުންސިލުން ވަނީ އެތަން ސާފުކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު