ކުރިއަށް އޮތް ބަންދު ދުވަސްތަކުގައިވެސް އާއްމުންނާ ވިޔަފާރިތަކަށް ދެމުން ގެންދާ ހިދުމަތް މެދުނުކެނޑި ލިބޭނެ އިންތިޒާމު އިކޮނޮމިކް މިނިސްޓްރީން ހަމަޖައްސައިފިއެވެ.
މިނިސްޓްރީން ބުނީ ކުރިއެކޭވެސް އެއްގޮތަށް ރަމަޟާން މަހުގެ ފަހު ދިހައެއްގައިވެސް ވިޔަފާރިއާ ބެހޭ ހިދުމަތްތައް ވަންގަވް އަދި ބިޒްނަސް ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެ އިންތިޒާމް ހަމަޖެހިފައިވާކަމަށެވެ.
އަދި މި ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ހުކުރު އަދި ހޮނިހިރު ފިޔަވައި ކޮންމެ ދުވަހެއްގެވެސް ހެނދުނު 09:30 އިން 11:30ގެ ނިޔަލަށް ޕްރޮސެސް ކުރުން ކުރިއަށް ގެންދާނެ ކަމަށް މިނިސްޓްރީން ބުނެފަައި ވެއެވެ.
އަދި މި މުއްދަތުގެ ތެރޭގައި އާންމުންނާއި ވިޔަފާތިތަކުން ހިދުމަތަށް އެދޭ މިންވަރު އިތުރުވެއްޖެނަމަ، ސާވިސް ޕްރޮސެސިން ގަޑިތަކަށް ބަދަލު އަންނާނެކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.
މީގެ އިތުރުން މިނިސްޓްރީން ބުނެފައިވަނީ ވިޔަފާރިއާބެހޭ ހިދުމަތްތަކުގެ އިތުރުން ފޮރިން އިންވެސްޓްމެންޓާ ބެހޭ ހިދުމަތްތައްވެސް އޮންލައިންކޮށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަމަށެވެ.
އަދި ފޮރިން އިންވެސްޓްމެންޓާ ބެހޭ މައުލޫމަތު ހޯދުމަށާއި، ހުށަހަޅާފައިވާ އެޕްލިކޭޝަނަކާއި ބެހޭގޮތުން މައުލޫމާތު ހޯދަން ބޭނުންވާނަމަ، ހުކުރު އަދި ހޮނިހިރު ފިޔަވައި ކޮންމެ ދުވަހެއްގެވެސް ހެނދުނު 09:30އިން 11:30އަށް މިނިސްޓްރީގެ ނަމްބަރަށް ގުޅުމުން މައުލޫމާތު ފޯރު ކޮށްދޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.
މިނިސްޓްރީން އިތުރަށް ބުނީ ފޮރިން އިންވެސްޓްމެންޓާ ބެހޭ ގޮތުން މައުލޫމާތު ނުވަތަ ހިދުމަތް ހޯދުމަށް ބައްދަލުކުރައްވަން ބޭނުންވާ ފަރާތްތަކުން ވުޒާރާއަށް އީމެއިލްކުރުމުން، އޮންލައިންކޮށް ބައްދަލުވުންތައް ބޭއްވުމުގެ އިންތިޒާމްވެސް ހަމަޖެހިގެން ދާނޭކަމަށެެވެ.

ކިޔުންތެރިންގެ ހިޔާލު