މަސްވެރިކަން ކުރަނީ
މަސްވެރިކަން ކުރަނީ
ފަސް ބާވަތެއްްގެ މަސްވެރިކަމާ ގުޅޭ ގޮތުން ލަފާ ދިނުމަށް ކޮމިޓީތައް އެކުލަވާލަން ނިންމައި އެ ކޮމިޓީތަކުގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.

ފިޝަރީޒް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ އެކުލަވާލަން ނިންމައިފައިވަނީ ކަނޑު މަސް, ފާނަ، ހިބަރު، ހުއިފިލަނޑާ އަދި ފަރު މަހުގެ މަސްވެރިކަމާ ގުޅޭގޮތުން ލަފާ ދޭނެ ކޮމިޓީތައް ކަމަށެވެ.

އެ ކޮމިޓީތަކަށް މެމްބަރުން އައްޔަނުކުރާނީ ފަސް އަހަރަށް ކަމަށް ފިޝަރީޒް މިނިސްޓްރީ ބުނެއެވެ.

އެގޮތުން ކޮމިޓީތަކުގައި މަސްވެރިންނާއި މަހުގެ ބާވަތްތަކުގެ ވިޔަފާރިކޮށް އެކްސްޕޯޓްކުރާ ފަރާތްތައް ތަމްސިީލުކުރަން ނިންމާފައިވާ އިރު މެމްބަރުކަމަށް ކުރިމަތިލުމުގެ ފުުރުސަތު އަންނަ މަހުގެ 10 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

މެމްބަރުކަމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި އިންތިހާބީ މަގާމެއް، ނުވަތަ ސިޔާސީ މަގާމެއް، ނުވަތަ ސިޔާސީ ޕާޓީއެއްގެ އިސް މަގާމެއް ފުރަމުންދާ ފަރާތެއްކަމުގައި ނުވުމާއެކު މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެވޭނެ ފަދަ ލަޔާގަތު ހުރި މީހަކު ކަމުގައިވުން ހިމެނެ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން