ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގާނޫނުގެ ދަށުން ނ. އަތޮޅުގައި މުއްސަނދިންނަށް ޚާއްސަ ޚިދުމަތްތައް ގާއިމްކުރުން ހިމެނޭ ޓައުންޝިޕް ޕްރޮޖެކްޓެއް ހިންގަން ހުއްދަދޭން އިކޮނޮމިކް މިނިސްޓްރީން ނިންމައިފިއެވެ.
އިކޮންމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ހުއްދަ ދީފައިވަނީ ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން ހުށަހެޅި އެޕްލިކޭޝަން ދިރާސާކުރުމަށްފަހު އެ ކުންފުންޏަށް ކަމަށެވެ. އެގޮތުން "ޕްރޮޖެކްޓް އޭލާ"ގެ ނަމުގައި ކުރިއަށްގެންދާ މި ޕްރޮޖެކްޓަށް ދީފައިވަނީ ނ. އަތޮޅު ދިގުފަރު ފަޅުުގައި އޮންނަ ދެ ރަށް ކަމަށްވާ ދެކެނަންފަރާއި ކުރަމާދޫ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
މި މަޝްރޫއުގެ ތެރެއިން މައިގަނޑު ގޮތެއްގައި ތަރައްގީކުރާނީ މަތީފަންތީގެ ރިއަލްއެސްޓޭޓް ޕްރޮޕަޓީތަކެވެ. ހަމައެއާއެކު ދުނިޔޭގެ މަތީފެންވަރުގެ ސިއްހީ ޚިދުމަތްތައް ވެސް އެތަނުގައި ގާއިމްކުރުމަށް ހަމަޖެހިފައިވާއިރު މި ޓައުންޝިޕަށް ބޭނުންކުރާ 60 ޕަސެންޓު ކަރަންޓަކީ އިއާދަކުރަނިވި ހަކަތައަށް ވާނެކަމަށް އިކޮންމިކް މިނިސްޓްރީއިން ބުނެއެވެ.
އިކޮންމިކް މިނިސްޓްރީ އިން ބުނީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޒަމާނީ ދަނޑުވެރިކަމާއި، މަސްވެރިކަމުގެ ވަސީލަތްތައް ގާއިމްކޮށް، މުއްސަނދިން އެ ތަނަށް އަންނާނެ ފަދަ މަތީ ފަންތީގެ ހައުސިންއާއި، ތައުލީމީ އަދި ސިއްހީ ޚިދުމަތްތައް ވެސް ގާއިމްކުރާނެ ކަމަށެވެ. މި މަޝްރޫއުގެ ފުރަތަމަ ހުއްދައާއެކު 180 ދުވަހުގެ ތެރޭގައި، ފީސިބިލިޓީ އެސެސްމަންޓާއި، އިންފްރާސްޓްރަކްޗާ މާސްޓާޕްލޭނާއި، އިންޖިނިއަރިން އަދި ތިމާވެށީގެ ދިރާސާ އަދި ތަފްސީލީ ވިޔަފާރި ޕްލޭނެއް ވެސް ހުށަހަޅަން ޖެހޭނެ ކަމަށް އިިކޮންމިކް މިނިސްޓްރީ އިން ބުންޏެވެެ. މީގެ އިތުރުން ރިއަލްއެސްޓޭޓާއި، ސިއްހީ ޚިދުމަތާއި، ދެމެހެއްޓެނިވި ހަކަތަ ބޭނުންކުރާނެ ގޮތާއި، ކާބޯތަކެތީގެ ރައްކާތެރިކަން ޔަގީންކުރާނެ ގޮތުގެ ޕްލޭން ވެސް ހުށަހަޅަން ޖެހޭނެ ކަމަށް އިކޮންމިކް މިނިސްޓްރީ އިން ބުނެއެވެ.
އަދި އެ ތަނުގައި މަސައްކަތް ކުރާނެ މީހުންގެ ދުޅަހެޔޮކަން ކަށަވަރުކުރަން ކުރާނެ ކަންކަމުގެ ޕްލޭން ވެސް އިކޮނޮމިކް މިނިސްޓްރީއަށް ދޭން ޖެހޭނެ ކަމަށް އިކޮންމިކް މިނިސްޓްރީ އިން މައުލޫމާތުދެއެވެ. މި ހުއްދައަކީ އެސްއީޒެޑު ގާނޫނުގެ ދަށުން މަޝްރޫއު ހިންގަން ބޭނުންވާ ދިރާސާތައް ކުރަން ދިން ހުއްދައެއް ކަމަށާއި، އަދި ކުރިއަށް ހުރި މަޝްވަރާތަކާއެކު ކުރިއަށް ދާން އެޅުނު ފުރަތަމަ ފިޔަވަޅު ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު