އިދިކޮޅު އެމްޑީޕީން މާލޭގައި ސިލްސިލާ މުޒާހަރާތަކެއް ކުރިއަށް ގެންދަނީ ގާނޫނާއި ގަވާއިދާ ހިލާފަށް ކަމަށް ބުނެ، އެ ހަރަކާތްތައް އިތުރަށް އެގޮތަށް ކުރިއަށް ގެންދާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން އެޕާޓީއަށް މިއަދު އަންގައިފިއެވެ.
އެމްޑީޕީގެ ޗެއާޕާސަން، ފައްޔާޒް އިސްމާއިލަށް އިލެކްޝަނުން މިއަދު ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ "ފްލެޓްގެ ހައްގު ހޯދުމަށް އަޑުއުފުލުން" ނަމުގައި މިހާރު އެމްޑީޕީން ކުރިއަށް ގެންދާ ހަރަކާތްތަކުގައި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފު ކަންތައްތަކެއް ކުރަމުންދާ ކަމަށް ބުނެ ފުލުހުން އެ ކޮމިޝަނަށް މައުލޫމާތު ދީފައިވާ ކަމަށެވެ. އެގޮތުން މީޑިއާތައް މެދުވެރިކޮށް އިލެކްޝަނަށް ލިބުނު މައުލޫމާތުގެ އަލީގައި، އެމްޑީޕީގެ މުޒާހަރާތަކުގައި އާންމު ދަތުރުފަތުރާއި އާންމު ރައްޔިތުންނަށް ދަތިވާ ގޮތަށް އަދި އެއްވެ އުޅުމުގެ އާންމު އިޖުތިމާއީ މިންގަނޑާ ހިލާފަށް ޝުއޫރު ފާޅު ކުރުމާއި ފުލުހުންގެ ވާޖިބަށް ހުރަސް އެޅުން ފަދަ ކަންކަން ހިނގާކަން ފާހަގަ ކުރެވިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން އެމްޑީޕީއަށް ފޮނުވި ސިޓީގައި ބުނެފައިވެއެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައި އެފަދަ ކަންކަން ހިނގާ ނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އިލެކްޝަން ކޮމިޝަންގެ ސިޓީގައިވެއެވެ. އިލެކްޝަން ކޮމިޝަނުން ވަނީ އެމްޑީޕީގެ ފަރާތުން ކުރިއަށް ގެންދާ ހަރަކާތްތައް ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންދިޔުމަށް އަންގާފައެވެ.
އެމްޑީޕީ އަށް ފޮނުވި ސިޓީގައި އިލެކްޝަން ކޮމިޝަނުން ވަނީ އެހެން ގާނޫނުތަކުން ހުއްދަ ކުރާ ދާއިރާއިން ބޭރުގައި މަގުތަކާއި އާންމު މައިދާންތަކުގައި ސިޔާސީ ޕާޓީގެ އާންމު ބައްދަލުވުންތަކާއި ހަރަކާތްތައް ބާއްވައިގެން ނުވާނެ ކަމަށް ބަޔާން ކޮށްފައި އޮންނަ ކަން ފާހަގަކޮށްފައެވެ. އަދި ސިޔާސީ ޕާޓީއަކުން އެއްވެސް ތަނެއްގައި އާންމު ބައްދަުވުމެއް ބާއްވާ ނަމަ އާންމު ބައްދަލުވުން ބާއްވާ ތަނަކާއި ވަގުތާއި ބައްދަލުވުމުގެ ބާވަތް އެ ބައްދަލުވުމެއް ބޭއްވުމުގެ 24 ގަޑިއިރު ކުރިން އިލެކްޝަންސް ކޮމިޝަނަށް އަންގަން ޖެހޭނެ ކަމަށް ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ދަށުން ހަދާފައި އޮންނަ ސިޔާސީ ޕާޓީގެ ގަވާއިދުގައި ބަޔާން ކޮށްފައި އޮންނަކަމަށް އެމްޑީޕީ އަށް ފޮނުވި ސިޓީގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު