ހައިކޯޓުގެ އިސްފަނޑިޔާރުގެ މަގާމުގައި ހުންނެވި ފަނޑިޔާރު ޙުސައިން ޝަހީދު ސުޕްރީމް ކޯޓަށް އައްޔަނު ކުރުމުން، ހައިކޯޓުގެ ހިންގުން ފަނޑިޔާރު މުޙައްމަދު ފައިސަލާ ހަވާލުކޮށްފިއެވެ.

ހައިކޯޓު ހިންގުން ވަގުތީގޮތުން ފަނޑިޔާރު ފައިސަލާ ޖުޑީޝަލް ސަރވިސް ކޮމިޝަނުން ހަވާލުކޮށްފައިވަނީ މިއަދު ބޭއްވި އެ ކޮމިޝަނުގެ ޖަލްސާއަކުން ނިންމައިގެނެވެ.

ހައިކޯޓު ހިންގުން ފައިސަލާ ހަވާލުކޮށްފައިވާއިރު އެ ކޯޓުގެ ބެންޗުގެ އެއް ގޮނޑި މިހާރު ވަނީ ހުސްވެފައެވެ. ބެލެވޭގޮތުގައި އެ މަގާމަށް ފަނޑިޔާރަކު ހޯދަން ވަރަށް އަވަހަށް ޖޭއެސްސީން އިއުލާނު ކުރާނެއެވެ.

މި ވަގުތު ތިއްބެވީ 10 ފަނޑިޔާރުންނެވެ. އޭގެ ތެރެއިން ދެވަނައަށް އެންމެ ސީނިއާ ފަނޑިޔާރަކީ ފައިސަލެވެ. އެންމެ ސީނިއާ ފަނޑިޔާރަކީ މުހައްމަދު ނިޔާޒެވެ. ނިޔާޒަކީ ޖޭއެސްސީގެ ނައިބު ރައީސްއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން