ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތަކަށް ހަތްވަނަ އިސްލާހު ގެނެސް ރޯދަ މަހުގެ ފަހު 10 ގައި ހާޒިރީ އިނާޔަތްދޭ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި އެވެ.
ނޭޝަނަލް ޕޭ ކޮމިޝަނުން، ގެނައި އެ އިސްލާހުތައް މިއަދު ވަނީ ގެޒެޓްގައި ޝާއިއުކޮށްފައެވެ. މި އިސްލާހުގައި ބުނެފައިވާ ގޮތުން ފަހު 10 ގައި ދައުލަތުގެ އިދާރާތަކުގައި ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ހިދުމަތްތައް ދިނުމަށްޓަކައި ވަޒީފާއަށް ނުކުންނަ ހުރިހާ ދުވަހަކަށް ހާޒިރީ އިނާޔަތް ދޭން ޖެހޭނެ އެވެ.
އޭގެ އިތުރުން ރަމަޟާން މަހުގެ ފަހު 10 އަކީ ރަސްމީ ބަންދު ދުވަސްތަކެއް ކަމަށް ބަލައިގަނެ ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތް ކުރުމުން މުސާރައިން ދުވާލަކަށްޖެހޭ މިންވަރުގެ ދެބައިކުޅަ އެއްބަޔާ އެއްވަރުގެ އިނާޔަތް ދޭންވާނެކަމަށް ވެސް އިސްލާހުގައި ބުނެފައި ވެއެވެ.
އޭގެ އިތުރުން ފަހު 10 ގައި އިތުރު ގަޑީގެ ފައިސާ ދޭނީ ވެސް ބަންދު ދުވަސްތަކާ އެއްގޮތަށް ހިސާބުކޮށްގެން ކަމަށް އިސްލާހުގައި ބުނެފައި ވެއެވެ.
މިގޮތަށް ފައިސާ ދިނުމުގައި މިހާރު ކަނޑައަޅާފައި އޮންނަ 10 އިންސައްތައިގެ ތެރޭގައި އެ ދުވަސްތައް ނުހިމަނައި، އެ ދުވަސްތަކުގައި އިދާރާއިން މުވައްޒަފުން ލައްވާ ކުރުވާ ހުރިހާ މަސައްކަތު ވަގުތުތަކަށް އިތުރުގަޑީގެ ފައިސާ ދެވޭނެކަމުގައި ވެސް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު