ފެރީ ޓާމިނަލްތައް ކައުންސިލްތަކާ ހަވާލުކުރުމުގެ ގޮތުން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން--
ފެރީ ޓާމިނަލްތައް ކައުންސިލްތަކާ ހަވާލުކުރުމުގެ ގޮތުން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން--
އާރްޓީއެލްގެ ޒޯން 1ގައި ހިމެނޭ ހއ. ހދ އަދި ށ އަތޮޅުގައި ގާއިމުކޮށްފައިވާ ފެރީ ޓާމިނަލްތައް ކައުންސިލްތަކާ ހަވާލުކުރަން ލޯކަލް ގަވަމަންޓް މިނިސްޓްރީން މަސައްކަތްތައް ފަށައިފި އެވެ.

ލޯކަލް ގަވަމަންޓް މިނިސްޓްރީން މިއަދު ބުނީ އެ ފެރީ ޓާމިނަލްތަކާއި، ފެރީ ސްޕޮޓްތައް ރަށު ކައުންސިލްތަކާއި ހަވާލުކުރުމަށް މިނިސްޓްރީއާއި، ކައުންސިލްތަކާ ދެމެދު ވެވޭ އެއްބަސްވުންތަކުގެ މައުލޫމަތު ރެއިން ފެށިގެން އޮންލައިންކޮށް ކައުންސިލްތަކާ ހިއްސާކޮށްފައިވާ ކަމަށެވެ.

އެގޮތުން ރޭ ބޭއްވި ބައްދަލުވުމުގައި ހއ. ހދ އަދި ށ އަތޮޅުގެ ކައުންސިލްތަކުން ބައިވެރިވި ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ ރޭ ބޭއްވި ބައްދަލުވުމުގައި ކައުންސިލްތަކުން ކުރި ސުވާލުތަކަށް ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް ޖަވާބުދެއްވައި ހުރިހާ ކައުންސިލްތަކަށް އެއްބަސްވުމުގެ ލިޔުންތައް ފޮނުވި ކަމަށެވެ.

އަދި ވަރަށް އަވަހަށް މި ފަހުމުނާމާތަކުގައި ސޮއިކުރެވި އެ ތަންތަނުން ހިދުމަތް ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް އުއްމީދުކުރާ ކަމަށް ވެސް މިނިސްޓްރީން ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން