ރާއްޖެއައި ފަތުރުވެރިންތަކެއް
ރާއްޖެއައި ފަތުރުވެރިންތަކެއް
ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ ފަތުރުވެރިން ޒިޔާރަތްކުރި އަދަދު ބައި މިލިއަނުން މައްޗަށް އަރައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާލާއިރު 506،053 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފަ އެވެ.

އަދި މި މަހުގެ މިހާތަނަށް 77،099 ފަތުރުވެރިން ރާއްޖެ އައިސްފައިވާ އިރު މިދިޔަ އަހަރުގެ މާޗު މަހު ރާއްޖެ އައިސްފައިވަނީ 74،224 ފަތުރުވެރިން ނެވެ.

އެއާއެކު މިދިޔަ އަހަރާ އަޅާ ބަލާއިރު މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ 4.6 ޕަސެންޓް އިތުރުވެފަ އެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުން މި އަހަރު އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ޗައިނާ އިން އެވެ. އެއީ 63،805 ފަތުރުވެރިން ނެވެ.

ދެވަނައިގައި 61،466 ފަތުރުވެރިންނާއެކު އިނގިރޭސިވިލާތް އޮތްއިރު 51،439 ފަތުރުވެރިންނާއެކު ތިންވަނައިގައި އޮތީ ރަޝިއާ އެވެ.

މިދިޔަ އަހަރު ރާއްޖެއަށް 2،046،615 ފަތުރުވެރިން އައިއިރު މިއީ މިހާތަނަށް ރާއްޖޭގެ ރެކޯޑެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން