ތިލަފުށީގައި ގާއިމްކޮށްފައިވާ ވޭސްޓު މެނޭޖްމެންޓު ފެސިލިޓީއަށް ފާހަގަކޮށްލެވޭފަދަ ރަނގަޅު ބަދަލުތަކެއް ގެނެސްފައިވާކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ކުނި މެނޭޖު ކުރުމުގެ މަޝްރޫއު ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ކުރެއްވި ދަތުރުފުޅުގައި ވަނީ ތިލަފުށީ ރީޖަނަލް ވޭސްޓު މެނޭޛްމެންޓު ފެސިލިޓީއަށް ޒިޔާރަތްކުރައްވައި، އެ ފެސިލިޓީގެ މަސައްކަތްތައްވެސް ބައްލަވާލައްވާފައެވެ.
އަދި މި ޒިޔާރަތުގައި މި ފެސިލިޓީއަށް ވަރަށް ރަނގަޅު ބަދަލުތަކެއް ގެނެސްފައިވާކަން ފާހަގަކުރެވުނު ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
އެގޮތުން ގެނެވިފައިވާ ހެއު ބަދަލުތަކަށް ބަލާއިރު، ހުއްޓިފައި އޮތް ކުނި ބޭލިން ތައްޔާރުކުރުމުގެ މަސައްކަތް އަލުން ފަށައި، ދުވާލެއްގެ މައްޗަށް މިހާރު 76 ބޭލްގެ ކުނި އުފައްދަމުންދާކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. އަދި ޖާގައިގެ ބޭނުން އޭގެ ފުރިހަމަ ގޮތުގައި ހިފުމަށްޓަކައި 991 ކުނި ބޭލް ވަނީ އެހެން ސަރަހައްދަކަށް ބަދަލުކުރެވިފައި ކަމަށްވެސް ރައީސް އޮފީހުން ބުނެފައި ވެއެވެ.
އަދިި ރިސޯޓްތަކުން އުފައްދާ ކުނި ޖަމާ ކުރާ ސަރަޙައްދަށް އުޅަނދުފަހަރު ހުސްކޮށް، އަނބުރާ ފޮނުވާލަން ހޭދަވާ ވަގުތު 1 ދުވަހުން 1 ގަޑިއިރަށް ކުޑަކޮށް، ލޭންޑިންގް ކްރާފްޓް އޮފްލޯޑްކުރާ ސަރަޙައްދުގެ ކްލިއަރަންސްއަށް ހޭދަވާ ވަގުތު، 3 ދުވަހުން 5 ގަޑިއިރަށް ކުޑަކުރެވިފައިވާ ކަމަށްވެސް ރައީސް އޮފީހުން ބުނެފައި ވެއެވެ.
މީގެ އިތުރުން ރައީސް އޮފީހުން ބުނީ އެޑްވާންސް ސަވައިލަންސް ސިސްޓަމްތަކާއެކު ފެސިލިޓީގެ ސެކިއުރިޓީ ވަރުގަދަކޮށްފައި ވާކަމަށާއި ކުނިން ހަކަތަ އުފައްދާ ޕްލާންޓަށް ވަދެވޭ މަގުތައް ސާފުކުރުމަށް 6500 ޓަނުގެ ކުނި، ލޭންޑްފިލް ކަވަރގެ ގޮތުގައި އަލުން ބޭނުން ކޮށްފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް 2 އަހަރަށް ކުނި މެނޭޖް ކުރުމަށް 5000 އަކަމީޓަރުގެ އައު ވޭސްޓް ސެލްއެއްވެސް ތަރައްގީކޮށްފައި ވާކަމަށް ރައީސް އޮފީހުން ބުނެފައި ވެއެވެ.
ރައީސް އޮފީހުން ބުނީ މި މަޝްރޫއުތަކުގެ މަގްސަދަކީ ރާއްޖޭގެ ކުނި މެނޭޖްކުރުމަށާއި ތިމާވެށީގެ ރައްކާތެރިކަމަށް ހުރި ގޮންޖެހުންތަކަށް ހައްލު ހޯދައި، މޫސުމީ ކުއްލި ނުރައްކަލުގެ ހިރާސް ކުޑަކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގައި ދެމެހެއްޓެނިވި ހަރުދަނާ ގޮތެއްގައި ސާބިތުވެ ތިބުން ކަމަށެވެ.
ރައީސް މިއަދު ތިލަފުއްޓަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގެންފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު