ކޮންޓްރޯލާ އޮފް އިމިގްރޭޝަންގެ މަގާމަށް ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ) އަހުމަދު ފަސީހު މިރޭ އައްޔަނުކުރައްވައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ސްޓޭޓް މިނިސްޓަރު ފެންވަރުގައި އިމިގްރޭޝަން ކޮންޓްރޯލާގެ މަގާމަށް އަހުމަދު ފަސީހް އައްޔަން ކުރަށްވާފައިވާ ކަމަށެވެ.
ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ކޮމިޝަނަރު އޮފް ޕޮލިސްގެ މަޤާމު އަދާކުރެއްވި ފަސީޙް ވަނީ ފުލުސް އޮފީހުގައި 23 އަހަރު ހޭދަކުރައްވާފައެވެ. 2024 ވަނަ އަހަރު ފުލުހުންގެ ޚިދުމަތުން ރިޓަޔާކުރައްވާފައިވާ ފަސީހް މީގެ ކުރިން ވަނީ އެމްޓީސީސީގެ ޑެޕިއުޓީ ސީއީއޯގެ މަގާމު ވެސް އަދާކުރައްވާފަ އެވެ.
ކުއްލި ގޮތަކަށް އިމިގްރޭޝަން ކޮންޓްރޯލަރ ޝައްމާން ވަހީދު މަގާމުން ވަކިކޮށްފައިވަނީ އިއްޔެއެވެ. އޭނާ ވަކިކުރި ސަބަބެއް ސަރުކާރުން އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
އެހެން ނަމަވެސް އިމިގްރޭޝަންގެ އޮފިސަރުންތަކެއް ބިދޭސީންގެ އަތުން ނަޖާއިޒު މަންފާ ހޯދަމުންދާ މައްސަލައެއް ފުލުހުން ގެންދަނީ ތަހުޤީޤު ކުރަމުންނެވެ. އެ މައްސަލައާ ގުޅިގެން ރޭ ހިންގި އޮޕަރޭޝަނެއްގައި 3 އޮފިސަރަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު