މިދިޔަ އަހަރު ރާއްޖެއިން 148 މީހަކަށް ޓީބީ ޖެހުނުކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން (އެޗްޕީއޭ) އިން ބުނެފި އެވެ.
ކޮންމެ އަހަރަކުވެސް މާޗު މަހުގެ 24 ވަނަ ދުވަހު ފާހަގަކުރާ ދުނިޔޭގެ ޓީބީ ދުވަހާ ގުޅިގެން އެޗްޕީއޭއިން ރޭ ނެރުނު ބަޔާނުގައި ބުނީ 2023 ވަނަ އަހަރު މުޅި ދުނިޔޭގައި 10.8 މިލިއަން މީހުންނަށް ޓީބީ ޖެހި 1.2 މިލިއަން މީހުން އެ ބަލީގައި މަރުވި ކަމަށެވެ.
އަދި މިދިޔަ އަހަރު ޓީބީގެ 148 ކޭސް ރާއްޖެއިން ރިޕޯޓްކުރި ކަމަށް ވެސް އެޗްޕީއޭއިން ފާހަގަ ކުރި އެވެ.
އެޗްޕީއޭއިން ބުނީ ރާއްޖޭގެ 100 ރަށެއްގައި ޓީބީ ނައްތާލެވިފައިވާކަމަށް ކަނޑައެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ރާއްޖެއިން ޓީބީ ބަލި ނައްތާލުމުގެ މަސައްކަތް ކުރުމަށް އަމާޒުކޮށްގެން 2018 ވަނަ އަހަރު ސްޓްރެޓެޖިކް ޕްލޭނެއް އެކުލަވާލާ މަސައްކަތަށް ބޭނުންވާ ފަންނީ ގައިޑްލައިންތައް ތައްޔާރުކޮށްފައިވާ ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.
ރާއްޖޭގައި 1994އިން ފެށިގެން ޓީބީއަށް ފަރުވާ ދެމުން ގެންދަނީ "ޑައިރެކްޓްލީ އޮބްޒާވްޑް ޓްރީޓްމަންޓް" އުސޫލުން ނެވެ.
އެ ބަލީގެ ފަރުވާ ފުރިހަމަ ނުކުރެވިއްޖެނަމަ ބަލީގެ ނުރައްކާ ބޮޑުވެ ބޭހަށް ނުގުޑާ ޓީބީ ޖެހުމުގެ ފުރުސަތު އޮވެއެވެ.

ކިޔުންތެރިންގެ ހިޔާލު