ކޮންމެ ކުއްޖަކީވެސް ތަފާތު ކުއްޖެކެވެ. އެކި ކުދިން މޮޅު ވާނީ އެކި ކަންކަމަށެވެ. ނަމަވެސް ބައެއް ފަހަރު ކުއްޖާ ކަމެއްގައި ނާކާމިޔާބު ވުމުން މައިންބަފައިން އެކުއްޖާ އެ އުމުރުފުރައިގެ އެހެން ކުދިންނާ އަޅާ ކިޔައެވެ. މިއީ ވަރަށް ގިނައިން މުޖްތަމައިން ފެންނަ ކަމެކެވެ. އެހެންނަމަވެސް މިކަމުގެ ސަަބަބުން އެކުއްޖާއަށް ވަރަށް ނޭދެވޭ އަސަރުތައް ކުރެއެވެ.
ތިރީގައި މި ހިމަނާލަނީ ދަރިފުޅު އެހެން ކުދިންނާ އަޅާ ކިޔާނަމަ ދިމާވެދާނެ ބައެއް މައްސަލަތަކެވެ.
އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ގެއްލުން
ދަރިފުޅު އެހެން ކުދިންނާ އަޅާ ކިޔާނަމަ އެކުއްޖާ އަމިއްލަ ނަފްސަށް ކުރާ އިތުބާރު ގެއްލެއެވެ. އަދި މިކަމުގެ ސަބަބުން އެކުއްޖާގެ އަމިއްލަ ގާބިލިއްޔަތު ތަކާމެދެ ޝައްކު އުފެދި، ކަންކަމުގައި ބައިވެރިވުން ނުވަތަ ކަންކަން ކުރަން ފަސްޖެހޭ ގޮތް ވެދާނެއެވެ.
ވާދަވެރިކަން އުފެދުން
ދަރިފުޅު އެހެން ކުދިންނާ އަޅާ ކިޔާނަމަ އޭގެ ސަބަބުން ކުދިންގެ މެދުގައި ނޭދެވޭ ވާދަވެރިކަމެއް އުފެދުމަކީވެސް އެކަށީގެންވާ ކަމެކެވެ. މިކަމުގެ ސަބަބުން ކުދިންގެ އެއްބައިވަންތަކަމާއި، އެކުވެރިކަމަށް ނޭދެވޭ އަސަރުތަކެއް ކުރެއެވެ.
ކުރިއެރުމަށް ހުރަސް އެޅޭނެ
ދަރިފުޅު އެހެން ކުދިންނާ އަޅާކިޔާނަމަ އޭގެ ސަބަބުން އެކުއްޖާގެ ކުރިއެރުމަށް ހުރަސް އެޅެއެވެ. އަބަދު އެހެން ކުދިންނާ އަޅާ ކިޔާނަމަ ކުއްޖާ އަމިއްލަ ނަފްސަށް ކުރާ އިތުބާރު ގެއްލި، އޭގެ ސަބަބުން އަމިއްލަ ލަނޑުދަނޑިތަކަށް ވާސިލް ވާން އުނދަގޫވެއެވެ. އަދި މީގެ ސަބަބުން އެކުއްޖާއަށް ކާމިޔާބީ އާ ހަމައަށް ވާސިލްވާން ވެސް އުނދަގޫވެއެވެ.

ކިޔުންތެރިންގެ ހިޔާލު