މަސްތުވާތަކެއްޗާ އެކު މިދިޔަ މަހުގެ ތެރޭގައި ހައްޔަރުކުރި އަންހެން މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.​

އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ ހއ. ތުރާކުނު، އާހިޔާ، މަރްޔަމް ޒީނާ، 23، އެވެ.

އޭނާ ހައްޔަރުކުރީ މިދިޔަ މަހުގެ 19 ވަނަ ދުވަހުގެ ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން ހުޅުމާލެ ފޭސް 1 ގެ އެޕާޓްމަންޓެއް ބަލައި ފާސްކުރި އިރު 14 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗަށް ޝައްކުކުރެވޭ ތަކެއްޗާ އެކުއެވެ.

ޒީނާ ބަންދުކުރުމަށް މީގެ ކުރިން ދެ ފަހަރެއްގެ މަތިން 15 ދުވަސް ޖެހިއެވެ.

އަދި އެ މުއްދަތު ހަމަވުމުން ތިންވަނަ ފަހަރަށް ބަންދު މުއްދަތު ޖެހުމަށް ކޯޓަށް ގެންދިއުމުން ކްރިމިނަލް ކޯޓުން މިއަދު ވަނީ ބަންދަށް 30 ދުވަސް ޖަހާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން