މަޝްހޫރު ފުޓުބޯޅަ ކޯޗު އިހްސާން ޢަބްދުލްޣަނީ (ސާންތި) މިރޭ ނިޔާވެއްޖެއެވެ.
ދިވެހި ފުޓްބޯޅައަށް ގިނަ ޚިދުމަތްތަކެއް ކޮށްދީފައިވާ ސާންތި ނިޔާވީ މިރޭ ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ. އޭނާ ނިޔާވިއިރު ގެންދިޔައީ ސިއްހީ ގޮތުން ބޮޑު ބައްޔަކަށް ފަރުވާ ހޯދަމުންނެވެ. މީގެ ކުރިން އޭނާ ވަނީ އެބައްޔާއި ގުޅިގެން އޮޕަރޭޝަނެއް ވެސް ކޮށްފައެވެ.
ސާންތިއަކީ ކްލަބް އީގަލްސަށް ވެސް ގިނަ ޚިދުމަތްތަކެއް ކޮށްދީފައިވާ ކޯޗެކެވެ. މީގެ ދެ އަހަރެއްހައި ދުވަސްކުރިން ކްލަބް އީގަލްސްގެ ކޯޗުގެ ގޮތުގައި އޭނާ މަސައްކަތް ކޮށްފައިވާއިރު ކްލަބު އީގަލްސްގެ ކާމިޔާބީތަކުގައި އޭނާގެ ހިއްސާ ވަރަށް ބޮޑެވެ.
މީގެ ކުރިން ސާންތި 19 އަހަރުން ދަށުގެ ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗުކަން ވެސް ކޮށްފައިވާއިރު މެދުނުކެނޑި އަށް އަހަރު ގައުމީ ސީނިއާ ޓީމުގެ އެސިސްޓެންޓް ކޯޗުކަން ވެސް ސާންތީ ވަނީ މަސައްކަތް ކުރަށްވާފައެވެ.
ސާންތި ނިޔާވުމާއި ގުޅިގެން ކުޅިވަރުގެ އާއިލާ އަށް ލޯބިކުރާ ގިނަ ބަޔަކާއި އާންމުން ގެންދަނީ ތައުޒިޔާ ފޮނުވަމުންނެވެެ.

ކިޔުންތެރިންގެ ހިޔާލު