ތެލެސީމިއާ އަށް ފަރުވާ ހޯދަމުންދާ ބަލިމީހުންނާ މެދު ފަރުވާ ކުޑަކުރުމަކީ ސަރުކާރުގެ ބޮޑު އިހުމާލެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިރޭ ވިދާޅުވެއްޖެ އެވެ.
ފައްޔާޒު މިހެން ވިދާޅުވީ ތެލެސީމިއާއަށް ފަރުވާ ހޯދަމުންދާ ބަލި މީހުންނާއި އެ މީހުންގެ އާއިލާތަކުން މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް) ކައިރީ މިރޭ މުޒާހަރާކޮށްފައިވަނިކޮށެވެ. މުޒާހަރާ ކުރި ފަރާތްތަކުން ވަނީ ފިލްޓަރުތައް ހަލާކުވުމުގެ ސަބަބުން ގިނަ އަދަދެއްގެ ލޭ ޕެކެޓުތަކެއް އުކާލަން ޖެހުން ފަދަ ކަންކަމަށް ހައްލެއް ނުލިބި ދިގުލައިގެން ގޮސްފައިވާތީ އެމްބީއެސްގެ ވެރިންގެ އިސްތިއުފާއަށް ގޮވައި ޝުޢޫރު ފާޅުކޮށްފައެވެ.
އެކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢިލް ވިދާޅުވީ ތެލެސީމިއާއަށް ފަރުވާ ހޯދަމުންދާ ބަލިމީހުންނާ މެދު މިހާ ބޮޑަށް ފަރުވާ ކުޑަކުރުމަކީ ސަރުކާރުގެ ބޮޑު އިހުމާލެއް ކަމަށެވެ.
އެގޮތުން ހާއްސަ އަހަންމިއްޔަތު ކަމެއް ދީގެން ބަލަހައްޓަން ޖެހޭ ކަމެއް ސަރުކާރުގެ ނާގާބިލުކަމުގެ ސަބަބުން ބޮއްސުންލައި ގޮސް އެތައް ފުރާނައެއް ނުރައްކަލަށް ހުށަހެޅުމަކީ ސަރުކާރުން ޒިންމާ ނަގަން ޖެހޭ ކަމެއް ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އަދި އެފަދަ ހާލަތެެއް ތަކުރާރު ނުވާނެ ކަން ސަރުކާރުން ކަށަވަރު ކުރަންޖެހޭ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
މުޒާހަރާ ފެށުމުގެ ކުރިން ތެލެސީމިއާ އަށް ފަރުވާ ހޯދަމުންދާ ބަލިމީހުންގެ އާއިލާތަކުން ވަނީ އެމްބީއެސް ސެންޓަރުގެ މެނޭޖުމަންޓާ އެކު މިރޭ ބައްދަލުވުމެއް ވެސް ބާއްވާފައެވެ. އެ ބައްދަލުވުމަށް ފަހު އެފަރާތްތަކުން މުޒާހަރާ އަށް ނިކުމެފައިވަނީ ވެސް އެއްވެސް ކަމަކަށް ހައްލެއް ނުލިބުނު ކަމަށް ބުނެއެވެ.

ފިލްޓާ ކަންކަމަކީ އަލަކަށް ދިމާވި ކަމެއް ނޫން. ލޭ ހޯދަނީ ވަރަށް އުނދަގުލުން. އެމްބީއެސްއާ އެކި ގޮތްގޮތުން ވާހަކަ ދައްކައި ހައްލެއް ނުލިބުނު. ބައެއް ބޭސް ލިބުމުގައި ވެސް ދަތިތަކެއް ވަނީ ކުރިމަތިވެފައި - ތެލެސީމިއާ ސެންޓަރު ކުރިމަތި ކުރަމުންދާ މުޒާހަރާގެ ބައިވެރިޔެއް pic.twitter.com/YH1JKeEF7O
— Adhadhu (@AdhadhuMV) March 22, 2025
އެގޮތުން ހާއްސަ އަހަންމިއްޔަތު ކަމެއް ދީގެން ބަލަހައްޓަން ޖެހޭ ކަމެއް ސަރުކާރުގެ ނާގާބިލުކަމުގެ ސަބަބުން ބޮއްސުންލައި ގޮސް އެތައް ފުރާނައެއް ނުރައްކަލަށް ހުށަހެޅުމަކީ ސަރުކާރުން ޒިންމާ ނަގަން ޖެހޭ ކަމެއް ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އަދި އެފަދަ ހާލަތެެއް ތަކުރާރު ނުވާނެ ކަން ސަރުކާރުން ކަށަވަރު ކުރަންޖެހޭ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
މުޒާހަރާ ފެށުމުގެ ކުރިން ތެލެސީމިއާ އަށް ފަރުވާ ހޯދަމުންދާ ބަލިމީހުންގެ އާއިލާތަކުން ވަނީ އެމްބީއެސް ސެންޓަރުގެ މެނޭޖުމަންޓާ އެކު މިރޭ ބައްދަލުވުމެއް ވެސް ބާއްވާފައެވެ. އެ ބައްދަލުވުމަށް ފަހު އެފަރާތްތަކުން މުޒާހަރާ އަށް ނިކުމެފައިވަނީ ވެސް އެއްވެސް ކަމަކަށް ހައްލެއް ނުލިބުނު ކަމަށް ބުނެއެވެ.
ކިޔުންތެރިންގެ ހިޔާލު