ކުރުނބާ ފަނި ބޮނީ، ގޫގުލް އިމޭޖެސް
ކުރުނބާ ފަނި ބޮނީ، ގޫގުލް އިމޭޖެސް
ދުޅަހެޔޮ ސިއްހަތެއްގަައި ހުރުމަށްޓަކައި ރަނގަޅަށް ހައިޑްރޭޓު ވުމަކީ ވަރަށް މުހިންމު ކަމެކެވެ. ހަށިގަނޑަށް ބޭނުންވާ ވަރަށް ފެން ނުލިބޭނަމަ ހަށިގަނޑުގެ މަސައްކަތްތަކަށް ބުރޫ އަރައި، ހަކަތަ އުފައްދާ މިންވަރުވެސް މަދުވެއެވެ. ރޯދަމަހުގެ ދުވާލު ގަޑީގައި އަޅުގަނޑުމެންގެ ހަށިގަނޑަށް އެއްވެސް ވަރަކަށް ފެން އެތެރެ ނުވެއެވެ. ނަމަވެސް މިކަން ފޫބައްްދަން، ރޯދަ ވީއްްލުމަށްފަހު މީހާ ރަނގަޅަށް ހައިޑްރޭޓު ވުމަކީ މުހިންމު ކަމެކެވެ. އެހެންކަމުން ތިރީގަައި މި ހިމަނާލަނީ މި ރޯދަ މަހު މީހާ ރަނގަޅަށް ހައިޑްރޭޓު ވެލުމަށް ބޭނުން ކުރަންވީ ބައެއް ބުއިންތަކެވެ.

ކުރުނބާ ފަނީ

ކުރުނބާ ފަނި އަކީ އޭގައި ގިނަ އަދަދަކަށް ޕޮޓޭސިއަމް އަދި މެގްނީޒިއަމް ފަދަ އިލެކްޓްރޮލައިޓުތައް ހިމެނޭ ބުއިމެކެވެ. އެހެންވެ މި ބޭނުން ކުރުމުން ހަށިގަނޑުގައި ގިނައިރު ފެން ހިފަހައްޓައިދީ، އޭގެ ސަބަބުން ހަށިގަނޑު ރަނގަޅަށް ހައިޑްރޭޓުވެއެވެ. ވީމާ މިއީ މުޅި ދުވަހު ރޯދައަށް ހުރުމަށްފަހު ބުއިން ރަނގަޅު އެއްޗެކެވެ. ނުވަތަ ރޯދަ ހިފާ ގަޑީގައިވެސް ބުއިން ރަނގަޅު ބުއިމެކެވެ.

ލުނބޯ ފަނި

ލުނބޯ ފަންޏަކީ ވަރަށް ގިނަ މީހުންނަށް ކަމުދާ ބުއިމެކެވެ. ލުނބޯ ފަންޏަކީ އޭގަައި ގިނަ އަދަދަކަށް އިލެކްޓްރޮލައިޓުތައް ހިމެނޭ އެއްޗެއްކަމުން މި ބުއިމުން ހަށިގަނޑުގައި ފެން ހިފަހައްޓައިދިނުމަށް އެހީތެރި ވެއެވެ. އަދި ފެނަށް ލުނބޯ އެޅުމުން ފެނުގެ ރަހަ މީރުވެ، ފެން ބޮވޭ ވަރުވެސް އިތުރުވެއެވެ. އެހެންވެ، މި ބޭނުން ކުރުމުން ހަށިގަނޑު ރަނގަޅަށް ހައިޑްރޭޓް ވެއެވެ.

އެލޮވީރާ ފަނި

އެލޮވީރާ ފަންޏަކީ އޭގައި ގިނަ އަދަދަކަށް ފެން އެކުލެވޭ އެއްޗެކެވެ. އެހެންވެ މި ބޭނުން ކުރުމުން ހަށިގަނޑު ވަރަށް ރަނގަޅަށް ހައިޑްރޭޓު ވެއެވެ. މީގެ އިތުރުން މިއީ ގިނަ އަދަދަކަށް ޕޮލިސެކެރައިޑް ހިމެނޭ އެއްޗެއް ކަމުން މި ބޭނުން ކުރުމުން ހަށިގަނޑުގައި ގިނައިރު ފެން ހިފަހައްޓައިދެއެވެ. ވީމާ މި ރޯދަ މަހު ހަށިގަނޑު ހައިޑްރޭޓު ކުރުމަށް މިއީ ބޭނުން ކުރުން ރަނގަޅު ބުއިމެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން