ތެލަސީމިޔާ މީހުންގެ ކަންބޮޑުވުންތައް ހައްލުކުރަން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާއި ގުޅުންހުރި އިދާރާތަކަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަަދު އަންގަވައިފިއެވެ.
ރައީސް އެގޮތަށް އެންގެވީ މިއަދު ހެނދުނު ނެޝަނަލް ތެލަސީމިއާ ސެންޓަރަށް ކުރެއްވި ޒިޔާރަތުގައެެވެ. ރައީސްގެ މި ޒިޔާރަތުގައި އެމަނިކުފާނު ވަނީ ތަނުގެ މުވައްޒަފުންނާއި ބައްދަލުކުރައްވައި ތަނުގެ ހާލަތު ބައްލަވައިލައްވައިފައެވެ. އަދި މި ބައްދަލުކުރެއްވުމަށްފަހު ރައީސް ވަނީ ކަމާގުޅޭ އިދާރާތަކުގެ އިސްވެރިންނަށް މިހާރުން މިހާރަށް އަޅަންޖެހޭ ފިޔަވަޅުތައް ވީ އެންމެ އަވަސްކޮށް އެޅުއްވުމަށް އިރުޝާދުދެއްވާފައެވެ.
ތެލަސީމިޔާ މީހުންގެ ކަންބޮޑުވުންތައް ހައްލުކުރަން ފިޔަވަޅު އަޅަން ރައީސް އަންގަވާފައިވާއިރު ތެލެސީމިއާއަށް ފަރުވާ ހޯދަމުންދާ ބަލި މީހުންނާއި އެ މީހުންގެ އާއިލާތަކުން މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް) ކައިރީ ރޭ ވަނީ މުޒާހަރާކޮށްފައެވެ. މުޒާހަރާ ކުރި ފަރާތްތަކުން ވަނީ ފިލްޓަރުތައް ހަލާކުވުމުގެ ސަބަބުން ގިނަ އަދަދެއްގެ ލޭ އުކާލަން ޖެހުން ފަދަ ކަންކަމަށް ހައްލެއް ނުލިބި ދިގުލައިގެން ގޮސްފައިވާތީ އެމްބީއެސްގެ ވެރިންގެ އިސްތިއުފާއަށް ގޮވައި ޝުޢޫރު ފާޅުކޮށްފައެވެ.
މުޒާހަރާ ފެށުމުގެ ކުރިން ތެލެސީމިއާ އަށް ފަރުވާ ހޯދަމުންދާ ބަލިމީހުންގެ އާއިލާތަކުން ވަނީ އެމްބީއެސް ސެންޓަރުގެ މެނޭޖުމަންޓާ އެކު ރޭ ބައްދަލުވުމެއް ވެސް ބާއްވާފައެވެ. އެ ބައްދަލުވުމަށް ފަހު އެފަރާތްތަކުން މުޒާހަރާ އަށް ނިކުމެފައިވަނީ ވެސް އެމީހުންގެ އެއްވެސް ކަންބޮޑުވުމަކަށް ހައްލެއް ނުލިބުނު ކަމަށް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު