ތެލަސީމިއާ ސެންޓަރު ހޮސްޕިޓަލެއްގެގޮތަށް ހިންގުމަށް ބޭނުންވާ ވަސީލަތާއި މުވައްޒަފުން ހޯދުމަށް ކަނޑައަޅައި، އެ ސެންޓަރުގެ ހުރި މައްސަލަތައް ވަކި މުއްދަތެއްގެ ކުރިން ޙައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަންގަވައިފިއެވެ.
ރައީސް މިހެން ވިދާޅުވީ ތެލަސީމިއާ ސެންޓަރުގެ ބައެއް ޚިދުމަތްތަކާއި ގުޅިގެން ތެލަސީމިއާ ކުދިންނާއި އެކުދިންގެ ބެލެނިވެރިންގެ ކަންބޮޑުވުންތަކާއި ގުޅިގެންނެވެެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ތެލަސީމިއާ ސެންޓަރަށް އެމަނިކުފާނު މިއަދު ޒިޔާރަތް ކުރަށްވައި އެތަނުގެ ކަންކަން ހުރި ނެތްގޮތް ތަފްސީލުކޮށް އޮޅުންފިލުއްވާފައިވާ ކަމަށެވެ. އެގޮތުން އެތަނުގެ މެނޭޖްމަންޓާއި މުވައްޒަފުންނާއި ބައްދަލުކުރައްވައި، އެތަނުގެ ޙާލަތާ ގުޅޭގޮތުން މަޝްވަރާކުރެއްވިކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން ހުޅުމާލެއަށް ތެލަސީމިއާ ސެންޓަރު ބަދަލުކުރުމަށް ކަނޑައަޅާފައިވާތަންވެސް ބައްލަވާލައްވައި އެ މަސައްކަތް ކުރިއަށްދާގޮތްވެސް އޮޅުން ފިލުއްވިކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އަދި އެތަނުގައި ހުރި މައްސަލަތަކާއި ގުޅޭގޮތުން ބައްދަލުވުމެއްވެސް ބާއްވައި އެކަންކަން ހައްލުކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން އިރުޝާދު ދެއްވާފައިވާކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވަނީ 2017 ވަނަ އަހަރުންފެށިގެން ތެލަސީމިއާ ސެންޓަރު ހިންގަމުން އަންނަނީ ޑިރެކްޓަރ ޖެނެރަލެއްވެސް ނެތިކަން ފާހަގަކުރަށްވައި އެކަން ވަގުތުން ޙައްލުކުރުމަށް އަންގަވާފައެވެ. ރައީސް މުޢިއްޒު ވިދާޅުވީ ތެލަސީމިއާ ސެންޓަރު، ހޮސްޕިޓަލެއްގެގޮތަށް ހިންގުމަށް ބޭނުންވާ މުވައްޒަފުންނާއި ވަސީލަތްތައްވެސް ވަގުތުން ހޯދުމަށް އިރުޝާދު ދެއްވާފައިވާކަމަށެވެ.
"ނަރުހުން މަދުވާހަކަ، ނަރުހުން ހޯދޭނެގޮތް، އަދި ސީނިއަރ ފިޒީޝަނެއް ހަމަޖެއްސުމާއި، ތަނަށް ބޭނުންވާނެ ވަސީލަތްތައް، އެކި ކަހަލަ އާލާތްތައް ހޯދޭނެގޮތް، ލެބޯޓްރީގައި ބޭނުންވާނެ ވަސީލަތްތަކާއި އެކި މުވައްޒަފުން، ލެބޯޓްރީ ޓެކްނީޝަނުންނާއި މިހެންގޮސް އެކި މުވައްޒަފުން ހޯދުމަށް [ވާނީ ހަމަޖައްސާފައި]. އަދި މަސައްކަތްކުރާނެ ގަޑި، ހޮސްޕިޓަލެއްގައި މަސައްކަތްކުރާނެގޮތަށް، މިސާލަކަށް އައިޖީއެމްއެޗްގައި މަސައްކަތްކުރާގޮތަށް ދުވަސްތަކާއި ގަޑިތައް އިތުރުކުރުމަށް ބޭނުންވާނެ ހިއުމަން ރިސޯސް އިތުރުކުރުމަށް، މިހުރިހާ ކަމަކަށް މަގުފަހިކޮށްގެން ދާނެގޮތް އަޅުގަނޑުވާނީ ކަނޑައަޅާ ދަންނަވާފައި." ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު