ބައްލަވައި ގަތް ފުލެޓަކީ ކުރީގެ ރައީސް ޔާމިން އަބުދުލްގައްޔޫމްގެ ވެރިކަމުގައި ލިބިވަޑައިގެންނެވި ފުލެޓެއް ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

ފަހުމީ މިހެން ވިދާޅުވީ މަގާމާއި ހަވާލުވެވަޑައިގަތުމަށްފަހު އޭނާ އަގުބޮޑު ފުލެޓެއް ބައްލަވައިގެން ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތައް ދޮގުކުރަށްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވީ އޭނާ މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު 8.5 މިލިއަން ރުފިޔާއަށް ފްލެޓެއް ބައްލަވައިގަތްކަމަށް ބުނެ، ބައެއް ފަރާތްތަކުން ފަތުރަމުންދާ ވާހަކައަކީ އަސާސެއްނެތް ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި އެއީ އޭނާގެ އަބުރަށް އަރައިގަނެ، ސިޔާސީ މަޤްޞަދެއް ހާސިލުކުރުމަށް ފަތުރަމުންދާ ޙަޤީޤަތާ ޚިލާފު، ވާހަކަތަކެެއް ކަމަށް ފަހުމީ ވިދާޅުވިއެވެ. ފަހުމީ އިތުރަށް ވިދާޅުވީ ފުލެޓާއި ގުޅޭ ގޮތުން ދޮގު ވާހަކަ ފަތުރާ ފަރާތްތަކުން އިޝާރާތްކުރާ ފްލެޓަކީ، ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި، އޭނާ ބައްލަވައިގަނެ އެފުލެޓަށް ފައިސާ ދައްކަމުން އައިސްފައިވާ ފްލެޓެއް ކަމަށެވެ.

"ސިޔާސީ މަޤްޞަދެއް ހާސިލުކުރުމަށް ނަމަވެސް، މީހުންގެ އަބުރަށް ހުތުރުވާފަދަ، މިފަދަ ދޮގު ވާހަކަތައް އުފައްދައި ފަތުރަމުންދާ ފަރާތްތަކުން މިކަން ވަގުތުން ހުއްޓާލުމަށް އިލްތިމާސްކުރަން." ފަހުމީ ވިދާޅުވިއެވެ.

މީގެ އިތުރުން ފަހުމީ ވިދާޅުވީ ސިޔާސީ ގޮތުންނާއި އަދި އެނޫން ގޮތަކުން ވިޔަސް، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައި ހުންނަވައި އޭނާ ކުރައްވަމުން ގެންދަވާ ޤައުމީ މަސައްކަތާ ގުޅުވައިގެން ދެކެވޭ ބިނާކުރަނިވި ފާޑުކިޔުންތަކަށް އަބަދުވެސް އިޙްތިރާމްކުރައްވައި، މަރުޙަބާ ވިދާޅުވާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން