މިސްކިތުގައި ރަނގަޅަށް ރޯދަ ވީއްލުން އިންތިޒާމު ނުކުރާނަމަ، މީގެ ފަހުން އެ ހުއްދަ ނުދޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް މިހެން ވިދާޅުވީ ސަލްމާން މިސްކިތު ގޯތިތެރޭގައި ބަހައްޓާފައި ހުރި ކާތަކެތީގެ ޕާރުސަލްތަކަކަށް ބިދޭސީންތަކެއް އަރައިގަންނަ ވީޑިއޯއެއް ދައުރުވެ އާންމުންގެ ނުރުހުމާއި ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށެވެ.

އެ ވީޑިއޯގައި ފެންނަނީ އެންމެން އެއްވެ އެއްވެސް ހަމައެއް ރަނގަޅު އިންތިޒާމެއް ނެތި އެކަކަށް ވުރެ ކުރިން ކާއެއްޗެހި ހޯދަން އަރައިގަންނަ މަންޒަރެވެ. އަދި ރޯދަ ވީއްލުމަށްފަހު މިސްކިތުގެ ގޯތިތެރެއަށް ކާބޯތަކެތި އެޅި، ހަޑިވެފައިވާ މަންޒަރު ވެސް ވީޑިއޯ އިން ފެނެއެެވެ.

އެެެވީޑިއޯއަށް އިޝާރަތް ކުރަށްވައި އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ވިދާޅުވީ، އެކަން ހިނގާފައި އޮތީ ރާއްޖޭގެ ރީތި ސަގާފަތާ މުޅީން ޚިލާފަށް ކަމަށެވެ. އަދި އެ ކަހަލަ ކަންކަން މުސްތަގުބަލުގައި ތަކުރާރުނުވާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވީ މިސްކިތު ރޯދަ ވީއްލުން ރަނގަޅަށް އިންތިޒާމު ނުކުރެވޭ މީހުންނަށް އެ ހުއްދައެއް ނުދޭނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން