ހައްޖު ކޯޕަރޭޝަންގެ ކިޔޫގައި މިއަހަރު ތިބި ހުރިހާ ފަރާތްތަކަށް ހައްޖަށް ދެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މިއަހަރު ހައްޖަށް ދެވޭނެ ކަމަށް ހައްޖު ކޯޕަރޭޝަންގެ ކިއުގައި ތިބި ހުރިހާ ފަރާތްތަކަށް މިއަހަރު ހައްޖަށް ދެވޭނެ ކަމަށެވެ. މިއީ ޒަމާންތަކަކަށް ފަހު، އެ އަހަރެއްގައި ކިއުގައި ޖެހިފައި ތިބި އެންމެންނަށް އެ އަހަރު ހައްޖަށް ދެވޭ ފުރަތަމަ ފަހަރުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދާދިފަހުން ސަރުކާރުން ވަނީ އަލަށް ޙައްޖުގެ އަޅުކަން އަދާކުރަން އެދޭ ފަރާތްތަކަށް އިސްކަންދޭ ގޮތަށް، ރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމާބެހޭ އުސޫލު ވެސް ބަދަލުކޮށްފައެވެ. ރާއްޖެ އިން މީހުން ހައްޖަށް ގެންދަނީ ހައްޖު ކޯޕަރޭޝަނުގެ ހަވާލުގަ އެވެ.

އަދި ހައްޖު ފަންޑެއް ގާއިމްކޮށް ހައްޖަށް ދިއުމަށް ރައްޔިތުން ކުރާ ހޭދަ ކުޑަކުރުމަކީ ވެސް ރައީސް މުއިއްޒުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މިއަހަރު ހައްޖު ކިއޫގައި ތިބި އެންމެންނަށް ހައްޖަށް ދެވޭނެ ކަމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވި ނަމަވެސް، ސައޫދީން ރާއްޖެއަށް ދޭ ހައްޖު ކޯޓާ އިތުރު ކުރި ކަމެއް އަދި ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.

ރައީސް އޮފީހުން މީގެ ކުރިން ބުނެފައިވަނީ ޙައްޖު ކޯޕަރޭޝަނަށް ފައިސާ ދައްކައިގެން ފަރުޟު ޙައްޖު ކުރުމުގެ އިންތިޒާރުގައި ތިބި ފަރާތްތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ރާއްޖެއަށް ލިބޭ ރަސްމީ ކޯޓާ އިތުރުކުރަން ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ.

ހައްޖު ކިއުގައި 9،000 އަށްވުރެ ގިނަ މީހުން މި ވަގުތު އެބަތިއްބެވެ. މިދިޔަ އަހަރުން ފެށިގެން ސަރުކާރުން ވަނީ ހައްޖަށް ގެންދަން ރާއްޖެއަށް ލިބޭ ކޯޓާ ހަމައެކަނި ހައްޖު ކޯޕަރޭޝަނަށް ދޭން ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން