މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންގެ އަތުން ނާޖާއިޒް މަންފާ ހޯދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ވަނަވަރު ފުލުހުން އާންމުކޮށްފި އެވެ.
ފުލުހުން ބުނީ މި މައްސަލައިގައި މި މަހުގެ 20 ވަނަ ދުވަހުގެރޭ ހައްޔަރުކޮށްފައިވަނީ މޫނިމާގެ/ ތ. ބުރުނީ، މުހައްމަދު އަލްސަން އިސްމާއިލް އާއި ގ. ހެޕީސައިޑް/ މާލެ، އިބްރާހިމް އަހުމަދު އާއި ގ. ހެޕީސައިޑް/ މާލެ، ހަސަން ސަހެޝާން ކަމަށެވެ. އަދި މި މަހުގެ 21 ވަނަ ދުވަހުގެރޭ ފުލުހުން ވަނީ ދާދިފަހުން މަގާމުން ވަކިކުރި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދު ހައްޔަރުކޮށްފަ އެވެ. އޭނާގެ ބަންދަށް ކޯޓުން މިހާރު ވަނީ 15 ދުވަސް ޖަހާފައެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިއަދުގެ ވަގުތެއްގައި އިތުރު މީހަކު ވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ. އެގޮތުން ހައްޔަރުކޮށްފައިވަނީ މ. ހާޒާރީވިލާ/ މާލެ، އަހުމަދު ލައްސާން ކަމަށް ފުލުހުން ބުނެއެވެ.
މިމައްސަލަ އާއި ގުޅިގެން ދާދިފަހުން ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ ޝަމްއާން ވަހީދުގެ ގެއިން ފެނުނު ބައިމިލިއަނެއްހައި ނަގުދު ފައިސާއަކީ އޭނާގެ އަމުރަށް ޑިޓެންޝަނުން މިނިވަންކުރި ބިދޭސީއެއްގެ އަތުގައި ހުރި ފައިސާކަމަށެވެ. އަދި ޝަމްއާން ދިރިއުޅޭ ގެ ބަލައިފާސްކޮށް ގިނަ އަދަދެއްގެ ފައިސާއާއި އިލެކްޓްރޯނިކް ސާމާނުތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައިކަމަށް ވެސް ފުލުހުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު