ކަޅު ކޮފީއަކީ ހަށިގަނޑަށް ވަރަށް ފައިދާހުރި އެއްޗެކެވެ. މިއީ ވަރަށް ގިނަ އެންޓި އޮކްސިޑެންޓުތަކާއި އެންޓި އިންފްލެމޭޓަރީ ޕްރޮޕަޓީތައް އެކުލެވިފައިވާ އެއްޗެކެވެ. އެހެންވެ، މި ބޭނުން ކުރުމުން ހަށިގަނޑުގެ އިންފްލެމޭޝަން ދައްވެ، ފްރީ ރެޑިކަލްތަކާ ދެކޮޅަށް މަސައްކަތް ކޮށް، ހަށިގަނޑުގައި ލޭ ދައުރުވުންވެސް ރަނގަޅު ކޮށްދެއެވެ. މިކަމުގެ ސަބަބުން މި ބޭނުން ކުރުމުން މީހާގެ ހަންގަނޑު އަލިވެ ތާޒާވެ "ގްލޯ" ވެއެެވެ.
ތިރީގައި މި ހިމަނާލަނީ ތާޒާ ހަންގަނޑެއް ބޭނުންވާނަމަ ކަޅުކޮފީ ބޭނުން ކޮށްގެން ތައްޔާރު ކުރެވޭނެ 2 މާސްކެކެވެ.
ފޭސް މާސްކު
ކަޅު ކޮފީ ފޭސް މާސްކު ތައްޔާރު ކުރުމަށް ބޭނުންވާނީ 2 ސައިސަމުސާ ޔޯގަޓާއި، 2 ސައިސަމުސާ ކާށި ތެލާއި، 2 ސައިސަމުސާ ކޮފީގެ އިތުރުން 1 ސައިސަމުސާ މާމުޔެވެ. މި ތައްޔާރު ކުރުމަށްޓަކައި މި ހުރިހާ އެއްޗެއް ބޯތައްޓެއްގައި ރަނގަޅަށް އެއްކޮށްލުމަށްފަހު، މޫނުގައި ރަނގަޅަށް އުނގުޅާލާނީއެވެ. އަދި 15 މިނެޓު ފަހުން ތާފެނާ ފެނުން ދޮވެލާނީއެވެ.
އައި މާސްކު
މި މާސްކަކީ ލޯކައިރި ކަޅުވާނަމަ އެކަން ހުއްޓުވުމަށް ބޭނުން ކުރެވިދާނެ މާސްކެކެވެ. މި ތައްޔާރު ކުރުމަށް ބޭނުންވާނީ 1 ސައިސަމުސާ ކޮފީ އާއި 1 ސައިސަމުސާ ޒައިތޫނި ތެލެވެ. މި ދެ ބާވަތް ބޭނުން ކޮށްގެން ޕޭސްޓެއް ތައްޔާރު ކުރުމަށްފަހު، 15 މިނެޓު ބަހައްޓާފައި ދޮވެލާނީއެވެ. މި ބޭނުން ކުރުމުން ލޯ ކައިރީގައި ލޭ ދައުރުވުން ރަނގަޅުވެ، "ޑާކް ސާކަލް" ފިލުވައި ދެއެވެ.
ކަޅު ކޮފީ މާސްކުތައް ބޭނުން ކުރުމުން ހަށިގަނޑަށް ވަރަށް ގިނަ ފައިދާތައް ވެއެވެ. އެގޮތުން ލިބޭ ބަައެއް ފައިދާތަކުގެ ތެރޭގައި ހަމުގެ މަރުވެފައިވާ ސެލްތައް ނައްތާލުމާއި، ހަމުގެ ކުލަ ރީތިވުމާއި، ހަމުގެ ދުޅަހެޔޮކަން އިތުރުވުން ހިމެނެއެވެ. ވީމާ "ގްލޯވިން ސްކިން" އެއް ބޭނުންވާނަމަ މި މާސްކުތައް ތަޖުރިބާ ކޮށްލަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު