އީދު ލައިޓް ހަރުކުރުމުގެ މަސައްކަތް ބައެއް ރަށްރަށުގައި ފެށުން--
އީދު ލައިޓް ހަރުކުރުމުގެ މަސައްކަތް ބައެއް ރަށްރަށުގައި ފެށުން--
ފިތުރު އީދު އަލިންް އަތޮޅުތެރެ ދިއްލައިލުމަށް ޓަކައި ކުރަމުންދާ މަސައްކަތުގެ ތެރެއިން ބައެއް ރަށްރަށުގައި ލައިޓްތައް ހަރުކޮށް، ގިޑިގެ ޖެހުމުގެ މަސައްކަތް ފަށައިފި އެވެ.

ލޯކަލް ގަވާމަންޓް މިނިސްޓްރީން މިއަދު އެކްސްގައި ބުނީ އަދި އެ މަސައްކަތް ފެށީ ކުލަސްޓާ 1ގެ ބައެއް ރަށްރަށުގައި ކަމަށެވެ. އޭގެ ތެރޭގައި ހއ. ދިއްދޫ ހިމެނެ އެވެ.

މިނިސްޓްރީން ބުނީ އެ މަސައްކަތް ކުޅުދުއްފުށީ ސިޓީގައި މިއަދު ފަށާނެ ކަމަށާއި އެއަށް ފަހު ށ. ފުނަދޫ ދިއްލުމުގެ މަސައްކަތް މާދަމާ ފަށާނެ ކަމަށެވެ.

ލޯކަލް ގަވާމަންޓް މިނިސްޓްރީން އިތުރަށް ބުނީ އީދަށް އެންމެ އުތުރުގެ ތިން އަތޮޅު އަލަށް މި އަހަރު ދިއްލުމަށް ހަމަޖެހިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނޭ ހއ. އިހަވަންދޫއާއި، ހއ. ހޯރަފުއްޓާއި، ހދ. ހަނިމާދޫއާއި، ހދ. ނޮޅިވަރަމާއި، ށ. މިލަންދޫއާއި، ށ. ފޯކައިދޫ ދިއްލުމަށް ބޭނުންވާ ސާމާނާއި، ސްޕީކަރުތައް މިއަދު ފޮނުވޭނެ ކަމަށް ވެސް މިނިސްޓްރީން ބުނެފައި ވެއެވެ.

ރަށްރަށް އީދަށް ދިއްލުމުގެ މަސައްކަތް ކުރިއަށް ދަނީ ކައުންސިލާއި، ފެނަކަ އަދި ސްޓެލްކޯގެ މުވައްޒަފުންގެ ވަރަށް ބޮޑު އެހީތެރިކަމާއެކުގައެވެ.

އީދަށް ދިއްލަން ރަށްރަށުގައި ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ފެށި މިިދިޔަ އަހަރުން ފެށިގެން ނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން