އައްޑޫ ސިޓީގެ ގުޅިފައިވާ އަވަށްތަކުން ކަރަންޓު މައްސަލައަށް ހައްލު ހޯދައި ދެވިފައި ނުވާތީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މޭޖަރ (ރިޓަޔަރޑް) މުހައްމަދު ނަޖާހްގެ އިސްތިއުފާ އަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން ގޮވާލައްވައިފިއެވެ.
ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވޭތުވެދިޔަ 6 މަސްދުވަހުގެ ތެރޭގައި އައްޑޫ ސިޓީއަށް 175 ދުވަހުގެ ތެރެއިން 84 ދުވަހު ކަރަންޓް ކެނޑުމުގެ މައްސަލަ ކުރިމަތިވެފައިވާ ކަމަށެވެ. އަދި އެއީ ގާތްގަނޑަކަށް ކޮންމެ ދެދުވަހަކުން އެއްދުވަސް ކަމަށް އަޒާން ވިދާޅުވިއެވެ. 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެކަނިވެސް %75 ދުވަސްތަކުގައި ގަޑިއިރަކަށްވުރެ ގިނައިރު އައްޑޫ ސިޓީގައި ކަރަންޓް ކަނޑާލެވިފައިވާ ކަމަށް އަޒާން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ގިނަގިނައިން ކަރަންޓް ކެނޑުމުން ދުވަހުގެ ދިރިއުޅުމަށް ބުރޫއަރައި، އެތައް ސާމާނަކަށް ގެއްލުން ލިބުނު ނަމަވެސް، އައްޑޫގެ ރައްޔިތުން ވަނީ އާދަޔާ ހިލާފު ކެތްތެރިކަމެއް ދައްކާފައި ކަމަށެވެ.
އަޒާން އިތުރަށް ވިދާޅުވީ އައްޑޫ ސިޓީ އަށް ކުރިމަތިވެފައިވާ ކަރަންޓު ކެނޑުމުގެ މައްސަލަ ރޯދައިގެ ކުރިން ހައްލު ނުކުރެވިއްޖެނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މޭޖަރ (ރިޓަޔަރޑް) މުހައްމަދު ނަޖާހް މީގެ ކުރިން ވިދާޅުވެފައިވާ ކަމަށެވެ. އެހެންނަމަވެސް އެމައްސަލަ އަދިވެސް ހައްލުކުރެވިފައިނުވާތީ އޭނާ މަގާމުން އިސްތިއުފާ ދޭންޖެހޭ ކަމަށް އަޒާން ވިދާޅުވިއެވެ.
ރޯދަ މަސް ފެށި މިވޭތުވެ ދިޔަ މުއްދަތުގައި ގިނަ ދުވަސްދުވަހު ގަޑި ބަހައިގެން އައްޑޫގެ އެކި ރަށްރަށުން ކަރަންޓު ކަނޑަމުންދާތީ ރައްޔިތުންނަށް ވަނީ ބޮޑެތި ތަކުލީފްތަކެއް އުފުލަންޖެހިފައެވެ. އައްޑޫގެ ކަރަންޓުގެ މައްސަލައަށް ވަގުތުން ވަގުތަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލަ އެއް ހުށައެޅި ނަމަވެސް އެމައްސަލަ ވަނީ ބޭރުކޮށްލާފައެވެ.

ކިޔުންތެރިންގެ ހިޔާލު