ކިތަންމެ ވަރަކަށް ޕްރެޝަރުކުރިޔަސް އެމެރިކާއާ ވާހަކަ ނުދައްކާނެ ކަމަށް އީރާނުން ބުނެފި އެވެ.
އެމެެރިކާގެ ހައްދު ފަހަނައަޅާފައިވާ ރައީސް ޑޮނަލްޑް ޓްރަމްޕް ދާދި ފަހުން ވަނީ އިރާނުގެ ރޫހީ ލީޑަރު އާޔަތުﷲ ހުމައިނީއަށް ސިޓީއެއް ފޮނުއްވައިފަ އެވެ. ޓްރަމްޕް އެދިވަޑައިގެންފައިވަނީ ނިއުކުލިއާ ހަތިޔާރުގެ ވާހަކަތައް ބޭއްވެވުމަށެވެ. ނޫންނަމަ އިރާނަށް ހަމާލާ ދޭނެ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.
އަދި އިރާނާ ދެކޮޅަށް ދަތިކުރުމުގެ އިތުުރު ފިޔަވަޅުތައް އެެމެރިކާއިން ވަނީ އަޅައިފަ އެވެ.
ޓްރަމްޕްގެ ސިޓީއާ ގުޅިގެން އިރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގަޗީ ވިދާޅުވީ އެމެރިކާގެ ހަރުކަށި ސިޔާސަތައް އެއްވެސް ބަދަލެއް ނާންނަ ކަމަށާއި އަދި ކޮންމެ ދުވަހަކުހެން އިރާނަށް ދެމުންދަނީ އިންޒާރު ކަމަށެވެ.
އަދި ކިތަންމެ ޕްރެޝަރުކުރިޔަސް ވާހަކަތައް ނުބާއްވާނެ ކަމަށް ވެސް ފޮރިން މިނިސްޓަރު ވިދާޅުވި އެވެ.
އެމެރިކާއިން ތުހުމަތުކުރާ ގޮތުން އިރާނުން ދަނީ ނިއުކުލިއާ ބޮމެއް އުފެއްދުމަށް މަސައްކަތް ކުރަމުން ނެވެ. ނަމަވެސް އިރާނުން އެކަން ދޮގުކުރެއެވެ. އަދި އިރާނުން ނިއުކުލިއާ ރިއެކްޓަރުތަކުގައި ކުރަމުންދާ މަސައްކަތްތަކަކީ ސުލްހެވެރި ބޭނުމަށް ހަކަތަ އުފެއްދުމަށް ކުރަމުންދާ މަސައްކަތްތަކެއްކަމަށް ވެސް އިރާނުން ބުނެއެވެ.
ޓްރަމްޕް ވަނީ އިރާނުގެ މަދަދު ލިބޭ ޔަމަނުގެ ހޫތީން އިސްރާއިލަށް ދެމުންގެންދާ ހަމަލާތަކާ ގުޅިގެން ވެސް އިރާނަށް އިންޒާރު ދީފަ އެވެ. ނަމަވެސް ހޫތީންގެ ހަމަލާތައް މިހާރު ވަނީ އިތުރަށް ވަރުގަދަކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު