މަރްޔަމް ނަހްދާ ވަޙީދު   25 މާރިޗު 2025 - 11:52
މޯލްޑިވްސް ޕޮލިސް ސަރވިސް އިން ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

ފުލުހުން ބުނީ މި ޕްރޮގްރާމަކީ މިމަހު 29 ގައި ފާހަގަ ކުރާ ފުލުހުންގެ އަހަރީ ދުވަހާ ދިމާކޮށް ފުލުހުންގެ ޚިދުމަތުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށެވެ.

މި ޕްރޮގްރާމު ކުރިއަށްގެންދަނީ ފުލުހުންގެ ޚިދުމަތުގެ ވަރކްފޯސް ހެލްތު އެންޑް ވެލްބީންގ އިންނެވެ.

އަދި މި ޕްރޮގްރާމު ކުރިއަށްދާނީ މިއަދުން ފެށިގެން މާޗު 27 އަށް ތެލެސީމިއާ ސެންޓަރުގައެވެ.

މިއީ ތެލަސީމިއާ ކުދިންނަށް ލޭ ހޯދުމުގައި ލުއިފަސޭހަ ގޮތްތަކެއް ގާއިމުކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށް ފުލުހުންގެ ހިދުމަތުން ވަނީ ހާމަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު