މިނިސްޓަރ ތޯރިގު، ފޮޓޯ: ގޫގުލް
މިނިސްޓަރ ތޯރިގު، ފޮޓޯ: ގޫގުލް
ތިލަފުށީގައި ސަރުކާރުން ކުރިއަށްދެންދާ ކުނި މެނޭޖު ކުރުމުގެ މަޝްރޫއުތައް ނިމުމުން، މާލޭގެ ރައްޔިތުންނަށް ރައްކާތެރި މާހައުލެއް ގާއިމް ކުރެވިގެންދާނެ ކަމަށް އެންވަޔަރަމެންޓު މިނިސްޓަރ ތާރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ސަރުކާރުން ކުރިއަށްގެންދާ ކުނި މެނޭޖު ކުރުމުގެ މަޝްރޫއުތަކާ ގުޅޭ ގޮތުން ދައުލަތުގެ މީޑިއާއާ ވާހަކަދައްކަމުންނެވެ.

އެގޮތުން މިނިސްޓަރ ވިދާޅުވީ އިމާރާތްކުރުމުގެ މަސައްކަތުގައި އުފެދޭ ކުނި ނައްތާލެވޭނެ ނިޒާމެއް މިވަގުތު ރާއްޖޭގައި ނެތްކަމަށެވެ. އަދި އިމާރާތް ކުރުމުގެ މަޝްރޫއުތައް ރާއްޖޭގައި އިތުރުވަމުންދާއިރު މި ކަމުގައި އުފެދޭ ކުނި ރަނގަޅު ގޮތުގައި މެނޭޖު ކުރެވޭނެ ނިޒާމެއް މިހާރު ބޭނުންވާ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އެހެންވެ، އެފަދަ ކުނިތައް ނައްތާލުމަށް ތަރައްްގީކުރާ ކޮންސްޓްރަކްޝަން ވޭސްޓު ޑެމޮލިޝަން ޕްލާންޓްގެ މަސައްކަތް މިވަގުތު ކުރިއަށްދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މި ޕްލާންޓުގެ މަސައްކަތް މިއަހަރު ޖުލައި މަހަށް ނިމޭނެ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

އަދި މި ޕްލާންޓު ގާއިމް ކުރެވުމުން އިމާރާތްކުރުމުގެ ތެރެއިން އުފެދޭ ކުނި ތިލަފުއްޓަށް ގެންގޮސް، ފަސޭހަކަމާއެކު ނައްތާލެވޭނެކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ ތިލަފުށީގައި ހިންގާ މަޝްރޫއުތައް ނިމުމުން ރައްކާތެރިގޮތުގައި ކުނިމެނޭޖްކުރެވި، މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ރައްކާތެރި މާހައުލެއް ޤާއިމްވެގެން ދާނެކަމަށެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒުތައް ޤާއިމްކުރުމުގެ މަސައްކަތަކީ ރައީސް ޑރ. މުހައްމަދު މުއިއްސު ހާއްސަ އިސްކަމެއް ދެއްވައިގެން ކުރައްވާ މަސައްކަތެކެވެ. އަދި މާލެ، އައްޑޫ އަދި ކުޅުދުއްފުށި ސިޓީގައި ކުނި މެނޭޖްކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތްވެސް މިހާރު ކުރެވެމުންދެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން