އުމުރުން ދުވަސްވީ މީހުންނާ ގުޅުންހުރި ސިއްހީ ޚިދުމަތްތައް ފުޅާ ކުރުމަށް "ކޮމްޕްރިހެންސިވް ޖެރިއެޓްރިކު ކެއާ ޕްރޮގްރާމު" ގެ ނަމުގައި މެޑިކާ ހޮސްޕިޓަލުން ޚާއްސަ ޕްރޮގްރާމެއް ތައާރަފް ކޮށްފިއެވެ.
މެޑިކާ ހޮސްޕިޓަލުން ބުނީ މި ޕްރޮގްރާމަކީ އުމުރުން ދުވަސްވީ މީހުންގެ ސިއްހީ، އިޖްތިމާއީ އަދި ނަފްސާނީ ބޭނުންތަކަށް އަމާޒުކޮށް ޚައްސަ ހިދުމަތްތަކެއް ފޯރުކޮށްދީ، އެމީހުންނަށް ބޭނުންވާ ފަރުވާ އެންމެ ފުރިހަމަ ގޮތުގައި މުޖްތަމައުން ލިބިދިނުން ކަށަވަރު ކުރުމުގެ ބޭނުމުގައި ހިންގާ ޕްރޮގްރާމެއް ކަމަށެވެ.
މި ޕްރޮގްރާމު ފަރުމާ ކުރެވިފައިވަނީ އުމުރުން ދުވަސްވީ މީހުންނަށް ދިމާވާ ތަފާތު މައްސަލަތަކަށް އަމާޒު ކޮށްގެންނެވެ. މީގެ ތެރޭގައި ސިއްހީ އަދި އެނޫން ގޮންޖެހުންތައްވެސް ހިމެނެއެވެ.
މި ޕްރޮގްރާމު ކުރިއަށްގެންދިއުމަށް ތަފާތު ދާއިރާތަކުގެ މާހިރުން ހިމެނޭ މަލްޓިޑިސިޕްލިނަރީ ޓީމެއް މެޑިކާ ހޮސްޕިޓަލުން ވަނީ އެކުލަވާލާފައެވެ. އަދި ތަފާތު އެކި ތަންތަނުގައި ތިބޭ ސިއްހީ މާހިރުންނާ މުވާސަލާތުކޮށް، ގުޅިގެން މަސައްކަތް ކުރުމަކީ މި ޕްރޮގްރާމުގައި ހިމެނޭ އެންމެ މައިގަނޑު އެއް ބައެވެ.
މެޑިކާ ހޮސްޕިޓަލުގެ ޖެރިއެޓްރިކު ކެއާރ ޕްރޮގްރާމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ޑރ. އިސްޙާޤު ޝަފީޤު (އެމްބީބީއެސް) އަކީ 20 އަހަރަށްވުރެ ގިނަ ދުވަސް ވަންދެން ސިއްހީ ދާއިރާގައި މަސައްކަތް ކޮށްފައިވާ ބޭފުޅެކެވެ. އަދި އޭނާ ވަނީ ރާއްޖޭގެ އެކި ކްލިނިކުތަކުގައި 10 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައެވެ. އޭނާއަކީ ކުޑަކުދިންގެ ސިއްހަތު، ޕްރައިމަރީ ހެލްތު ކެއާ އަދި އުމުރުން ދުވަސްވީ މީހުންގެ ސިއްހަތުގެ ދާއިރާއިން ވަރަށް ގިނަ ތަޖުރިބާ ލިބިފައިވާ ކުޅަދާނަ ޑޮކްޓަރެކެވެ.
ޑރ. އިސްޙާޤުގެ ބައެއް ތަޖުރިބާތަކުގެ ތެރޭގައި ދުވަސްވީމީހުންނާއި އެނދުމަތިވެފައިވާ ބަލިމީހުންނަށް ގަވާއިދުން ގޭގެއަށް ޒިޔާރަތްކޮށް، އޯގާތެރިކަމާއެކު ފަރުވާދިނުމާއި، މި މުހިންމު ދާއިރާއިން ނަރުހުންނާއި ޞިއްޙީ އެހީތެރިންނަށް ތަމްރީނު ދިނުން ހިމެނެއެވެ. މީގެ އިތުރުން އޭނާ ވަނީ ދުވަސްވީމީހުންނަށް، ހޮސްޕިޓަލުން ދޫކުރުމަށްފަހު މެދުކެނޑުމެއްނެތި ފަރުވާ ދިނުމަށްޓަކައި ސެކަންޑަރީ ކެއަރ ފޯރުކޮށްދޭ ފަރާތްތަކާއެކު އަމަލީގޮތުން މަސައްކަތްކުރައްވާފައެވެ.
ޖެރިއެޓްރިކު ކެއާ ޕްރޮގްރާމުގެ މައިގަނޑު ފީޗާތައް:
1- ވަކިވަކި ފަރުދުންނަށް ހާއްސަކޮށް އެކުލަވާލާ ފަރުވާ ޕްލޭންތައް:
ކޮންމެ ބަލިމީހަކާވެސް ވާހަކަދައްކައި މަޝްވަރާކުރުމަށްފަހު ފުރިހަމަ ޖެރިއެޓްރިކު އެސެސްމަންޓެއް ހަދައި، އޭގެ ނަތީޖާއަށް ބިނާކޮށް އެ ފަރުދަކަށް ހާއްސަ ކުރެވިފައިވާ ފަރުވާގެ ޕްލޭނެއް އެކުލަވާލެވޭނެއެވެ. މި ޕްލޭނުގައި ވަކި ވަކި ޞިއްޙީ ޙާލަތްތަކާއި، ހަރަކާތްތެރިވުމުގެ މައްސަލަތަކާއި، ނަފްސާނީ ދުޅަހެޔޮކަމަށް އަމާޒުކޮށްގެން ކުރަން ޖެހޭ ކަންތައް ހިމެނޭނެއެވެ. އަދި އިޖްތިމާއީ އަދި މުޖުތަމައުގެ ކަންކަމުގައި އުމުރުން ދުވަސްވީ ފަރާތްތައް ބައިވެރިވުން އިތުރުކުރުމަށް މަސައްކަތްކުރެވޭނެއެވެ.
2- އެކި ދާއިރާތަކުގެ މާހިރުން ހިމެނޭ ފަރުވާދޭ ޓީމުތައް:
މި ޕްރޮގްރާމުގައި މަސައްކަތްކުރާނީ ޑޮކްޓަރުންނާއި، ނަރުހުންނާއި، ބޭސްވެރިންނާއި، ފިޒިކަލް ތެރަޕިސްޓުން ފަދަ ތަފާތު ދާއިރާތަކުން ހާއްސަ ވެފައިވާ ސިއްހީ ފަންނުވެރިންގެ ޓީމެކެވެ. މިއީ ޖުމުލަ ގޮތެއްގައި ފަރުވާދިނުމަށާއި ޚިދުމަތްތައް ހަރުދަނާކަމާއެކު އެފަރާތްތަކަށް ފޯރުކޮށްދިނުމަށް ގުޅިގެން މަސައްކަތް ކުރާނެ ޓީމެކެވެ. މި ޓީމުގެ އެހީތެރިކަމާއެކު ފަރުދުންނަށާއި، ޢާއިލާތަކަށާއި، އަދި ދައުލަތުގެ ޚިދުމަތްތަކަށް އުމުރުން ދުވަސްވީ ފަރާތްތަކަށް ފަރުވާ ދިނުމުގައި ކުރިމަތިވާ ބުރަތައް ލުއި ކުރެވޭނެއެވެ.
3- އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ ފަރާތްތަކަށް އަމާޒުކޮށް ތަމްރީނު ޕްރޮގްރާމުތައް:
އުމުރުން ދުވަސްވީ މީހުން ބެލެހެއްޓުމުގައި ޢާއިލާގެ މެންބަރުންގެ މުހިންމު ދައުރު ފާހަގަކޮށް، މި ޕްރޮގްރާމުގެ ދަށުން މެޑިކާއިން އެފަރާތްތަކަށް ވަސީލަތްތަކާއި ތަމްރީނާއި، ތައުލީމާއި، އެހީތެރިކަން ފޯރުކޮށްދޭނެއެވެ. މިއީ އެފަރާތްތަކަށް އެމީހުންގެ ލޮބުވެތިންގެ ސިއްހީ ބޭނުންތައް ދެނެގެނެ، ބާރުވެރިކޮށް، އެންމެ ރަނގަޅު ގޮތުގައި އެމީހުން ބެލެހެއްޓުމުގެ އުސޫލުތައް ދަސްކޮށްދިނުމަށް ހިންގާ ޕްރޮގްރާމުތަކެކެވެ.
4- މުޖްތަމައަށް އަމާޒުކޮށް ހިންގާ އައުޓްރީޗު އަދި ސަޕޯޓު ޕްރޮގްރާމުތައް:
މި ޕްރޮގްރާމުގެ ދަށުން މެޑިކާ ހޮސްޕިޓަލުން އެކި ވޯކްޝޮޕްތަކާއި އެހީތެރިކަމުގެ ޕްރޮގްރާމުތައް ހިންގާނެއެވެ. އޭގެ ތެރޭގައި ފަރުވާގެ ޕްލޭން އެކުލަވާލުމާއި، ވަގުތީ ފަރުވާއާއި، ދިގު މުއްދަތުގެ ފަރުވާއާއި، މުޖުތަމަޢުގެ ފަރުވާއާއެކު ރީހެބިލިޓޭޝަނާއި، އެހީތެރިވާ ޓެކްނޮލޮޖީތަކާއި، ޑިމެންޝިއާގެ އެހީތެރިކަމާއި، އެޑްވާންސް ޑައިރެކްޓިވްސްއާއި، އެޑްވާންސްޑް ކެއަރ ޕްލޭނިންގއާއި، އަދި އުމުރުން ދުވަސްވީ މީހުންނަށް ޚާއްޞަކޮށްގެން ކުރެވޭ ކާނާގެ އެސެސްމަންޓްތަކަށް އަމާޒުކުރެވޭ ޕްރޮގްރާމުތައް ހިމެނެއެވެ. މި މަސައްކަތްތަކުގެ މަޤްޞަދަކީ ޢާއިލާތަކާއި، ބަލިމީހުންނާއި، އަދި މުޖުތަމަޢުގެ ގްރޫޕްތަކަށް ޖެރިއެޓްރިކް ޞިއްޙަތާއި އިޖްތިމާއީ މައްސަލަތަކާ ބެހޭގޮތުން މައުލޫމާތު ދިނުމެވެ. އަދި ދުޅަހެޔޮ ސިއްހަތެއްގައި ތިބެ އުމުރުން ދުވަސްވުން ކުރިއެރުވުމާއި، ދުވަހުން ދުވަހަށް ކުރާ ކަންކަމުގައާއި، ދިރިއުޅުމުގެ މުހިންމު ހަރަކާތްތަކުގައާއި، ވަޒީފާގައާއި، އަދި މުޖުތަމައުގެ ކަންކަމުގައި އެފަރާތްތަކުގެ ބައިވެރިވުން އެންމެ މަތީ ދަރަޖައަކަށް އިތުރުކުރުމަކީވެސް މި ޕްރޮގްރާމުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.
މެޑިކާއިން ބުނީ އުމުރުން ދުވަސްވީ މީހުންގެ އާބާދީގެ ޞިއްޙީ ބޭނުންތައް ވަރަށް ބޮޑު ކަން އެނގޭ ކަމަށެވެ. އަދި އެފަރާތްތަކަށް ފޯރުކޮށްދެވޭ ސިއްހީ އެހީތެރިކަން ރަނގަޅުކޮށް، ދިރިއުޅުމުގެ ފެންވަރު މަތި ކޮށް، މި މުޖްތަމަކީ އެފަރާތްތަކަށް މުސްތަޤިއްލުކަމާއެކު ދިރިއުޅެވޭނެ މުޖްތަމަކަށް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށް މެޑިކާއިން ބުނެފައިވެއެވެ.
މި ޕްރޮގްރާމާ ގުޅޭ މައުލޫމާތު ހޯދަން ބޭނުންވާނަމަ މެޑިކާ ހޮސްޕިޓަލުގެ ވެބްސައިޓު މެދުވެރިކޮށް ބަލާލެވޭނެއެވެ.
އަދި ދުޅަހެޔޮ ސިއްހަތެއްގައި ހުރެ އުމުރުން ދުވަސްވުމާއި، ޖެރިއެޓްރިކް ކެއާ ޕްރޮގްރާމުގެ ދަށުން ހިންގާ ހާއްސަ ސިއްހީ، އިޖްތިމާޢީ، އަދި ނަފްސާނީ ބޭނުންތަކާ ބެހޭ މައުލޫމާތު ސެޝަންތައް ކޮންމެ ހަފްތާއަކު އެއްފަހަރަކު މެޑިކާ ހޮސްޕިޓަލުގެ ސޯޝަލް މީޑިއާ ޕްލެޓުފޯމުތަކުގައި ހިއްސާ ކުރާނެ ކަމަށް މެޑިކާ ހޮސްޕިޓަލުން ވަނީ ބުނެފައެވެ. އެހެންކަމުން މި މައުލޫމާތު ބޭނުންވާ ފަރާތްތަކުން އެ ހޮސްޕިޓަލުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމުތައް ފޮލޯ ކޮށްލުމަށް މެޑިކާއިން ވަނީ އެދިފައެވެ.
"ޖެރިއެޓްރިކް ކެއާ ޕްރޮގްރާމް" ތައާރަފް ކުރުމަކީ ބަލިމީހުންގެ ފަރުވާއާއި، މުޖުތަމައުގެ ސިއްހަތާއި، އަދި އިޖްތިމާއީ ބޭނުންތަކަށް އަމާޒުކުރުމުގައި މެޑިކާ ހޮސްޕިޓަލުން ދެމެހެއްޓެނިވި ގޮތެއްގައި ކުރަމުންދާ މަސައްކަތުގެ ތަޞައްވުރެކެވެ.
އެ ހޮސްޕިޓަލުގެ މަގްސަދަކީ އައު އީޖާދުތަކާއި ހަމްދަރުދީއަށް އިސްކަންދީގެން، އުމުރުން ދުވަސްވީ މީހުންނަށް ދެވޭ ސިއްހީ ހިދުމަތްތަކުގައި އައު މިންގަނޑުތަކެއް ކަނޑައަޅައި، ޖެރިއެޓްރިކް ހިދުމަތްތައް ފޯރުކޮށްދެވޭ ގޮތް އައު ގޮތަކަށް މާނަކުރުމެވެ. އަދި އުމުރުން ދުވަސްވީ މީހުންގެ އިހުސާސްތައް ދެނެގަނެވި، އިހްތިރާމްކުރެވި، އެހީތެރިކަން ލިބި، އަދި މުޖުތަމައަށާއި ގައުމުގެ އިގްތިސާދަށް ހަރުދަނާ ގޮތެއްގައި ހިއްސާވާ ބައެއްކަން ކަށަވަރުކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު