ރާއްޖެޓީވީ ޕްރޮގްރާމެއްގައި އޯޓިސްޓިކް ކުދިންނާ ގުޅުވައި އެ ކުދިންނަށް ފުރައްސާރަވާ ގޮތަށް ޖޯކުޖެހި މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަނުން ބަލަން ފަށައިފި އެވެ.
އޯޓިސްޓިކް ކުދިންނަށް މަލާމާތްކޮށް ފުރައްސާރަކޮށްފައިވަނީ ސިޔާސީ މަސްރަހުގެ ވާހަކަތަކަށް ހާއްސަކޮށް "ރާއްޖެ ޓީވީން" ރޭ ގެނެސްދިން "ކާލާބައިސާ" ނަމަކަށް ކިޔާ ޕޮރުގުރާމެއްގައެވެ. ޕްރެޒެންޓަރު ހުސައިން ރަމީޒު ހުށަހަޅައިދިން އެ ޕްރޮގްރާމްގައި އޯޓިސްޓިކް ކުދިންނަށް މަލާމާތްކޮށް ފުރައްސާރަކޮށްފައިވަނީ ސިފައިންގެ ކުރީގެ ކާނަލެއް ކަމަށްވާ އަހުމަދު ފަޔާޒް އަލީ (ޕާޕާ) އާއި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އެެވެ. އެމައްސަަލައިގައި ރާއްޖެޓީވީ އަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން ނެރުނު ސަރކިއުލާއެއްގައި ބުނެފައިވަނީ ގާނޫނުއަސާސީގެ 35 ވަނަ މާއްދާގައި ބުނާ ކުޑަކުދިންނާއި ޅަފުރައިގެ ކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ލިބޭ ހާއްސަ ރައްކާތެރިކަމާއި ބްރޯޑްކާސްޓިން ގައިޑްލައިންތަކާ ތައާރަޒުވާ ކޮންޓެންޓް ދައްކާފައިވާ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެފަދަ ކޮންޓެންޓް ތަހުގީގުކޮށް އެކަންކަން ރަނގަޅުކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމުގެ ފުރިހަމަ އިހްތިސާސް އެ ކޮމިޝަނަށް ލިބިފައިވާ ކަމަށް އެ ސަރކިއުލާގައި ވަނީ ބުނެފައެވެ. އަދި ކޮމިޝަނުގެ ސަމާލުކަމަށް އަންނަ އަދި ހުށަހެޅޭ އެފަދަ މައްސަލަތައް ބަލައި ގާނޫނުން ޖާގަދޭ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް އެކޮމިޝަނުން ވަނީ ދީފައެވެ.
ބްރޯޑްކޮމް އިން ވަނީ ގާނޫނުއަސާސީ އާއި ރާއްޖޭގައި އަމަލުކުރަމުންދާ ގާނޫނުތަކަށް އިހްތިރާމުކޮށް އެއްވެސް މީހެއްގެ އަބުރާއި ކަރާމާތް ނުގެއްލޭ ގޮތަށް ކޮންޓެންޓް އުފެއްދުމަށް ވެސް ބްރޯޑްކާސްޓަރުންނަށް އަންގާފައެވެ.
"ރާއްޖެ ޓީވީން" ރޭ ގެނެސްދިން "ކާލާބައިސާ" ޕްރޮގުރާމުގައި އަހުމަދު ފަޔާޒް އަލީ (ޕާޕާ) ބުނެފައިވަނީ ރައީސްގެ އަމަލުތައް ހުންނީ އޯޓިސްޓިކް ކުއްޖެއްގެ އަމަލުތައް ހުންނަ ގޮތަށް ކަމަށެވެ. އެ ވާހަކައަށް ހިތްވަރުދެއްވި މޮސްޓާ ވަނީ އޯޓިސްޓިކްގެ އިތުރުން ޑައުން ސިންޑްރޯމްގެ ކުދިންނަށް ފުރައްސާރަ ރައްދުވާ ގޮތަށް ވާހަކަ ދައްކާފައެވެ.

ކިޔުންތެރިންގެ ހިޔާލު