މިހިނގާ މާޗު 30 އަކީ މިއަހަރުގެ ފިތުރު އީދު ދުވަހަށް ވާނެ ކަމަށް ވަރަށް ބޮޑަށް ޔަގީންކުރެވޭ ކަަމަށް ކުރީގެ ރައީސް އަދި، ރާއްޖޭގެ އެންމެ ފުންނާބު އުސް ފަލަކީ އިލްމުވެރިޔާ މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެެއެވެ.
ކަލަންޑަރުގައި ބުނާގޮތުން މި އަހަރުގެ ފިތުރު އީދު ދުވަހަކީ މާޗު 31 އެވެ. ރައީސް އަލްއުސްތާޒު މައުމޫން ޢަބްދުލްޤައްޔޫމް އާންމުކުރެއްވި ލިޔުއްވުމެއްގައި ވިދާޅުވީ ސައުދީ އަރަބިއްޔާ އާއި، މިސްރާއި، ތުރުކީ އާއި، މޮރޮކޯ ފަދަ އިސްލާމީ ގައުމުތަކަށް މި ހިނގާ މާޗު މަހުގެ 29 ދުވަހު އިރުއޮއްސުމަށްފަހު، ހަނދު ނުއޮއްސި އަށް މިނެޓާއި 20 މިނެޓާ ދެމެދުގެ މިންވަރަކަށް ހުންނާނެކަމަށް ފަލަކީ ހިސާބުން ދައްކާތީ، މާޗު 30 ވާ އާދީއްތަ ދުވަހަކީ މިއަހަރުގެ ފިތުރު އީދު ދުވަހަށް ވާނެ ކަމަށް ވަރަށް ބޮޑަށް އެމަނިކުފާނަށް ޔަގީންކުރެއްވޭ ކަަމަށެވެ.
މާޗު މަހުގެ 29 ވަނަ ދުވަހަކީ ރަމަޟާން މަހުގެވެސް 29 ވަނަ ދުވަހެވެ. ރައީސް މައުމޫން ވިދާޅުވީ، ރާއްޖެއަށް އިރުއޮއްސެނީ 18 ގަޑި 14 މިނެޓުގައި ކަމަށާއި ހަނދު އޮއްސެނީވެސް، ހަމަ އެގަޑީގައި ކަމަށެވެ.
"އެހެންކަމުން، ވިދިގެން އަންނަ ދުވަހަކީ ރާއްޖެއަށް ފަލަކީގޮތުން ޝައްވާލު މަހުގެ 1 ވަނަ ދުވަސް ކަމަށް ވުމާއި ނުވުމާ މެދު ބަހުސެއް އޮތްނަމަވެސް، ވަރަށް ގިނަ އިސްލާމީ ޤައުމުތަކަށް އެދުވަހަކީ ޝައްވާލު މަހުގެ 1 ވަނަ ދުވަސް ކަމަށް ވާނެތީ، މާރިޗު މަހުގެ 30 ވަނަ ދުވަހަކީ، ރާއްޖެއަށް ވެސް ޝައްވާލު މަހުގެ 1 ވަނަ ދުވަސް ކަމުގައި ވާނެކަމަށް ފެނެއެވެ،" ރައީސް މައުމޫން ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު