އޯޓިޒަމް ކުދިންނަށް ހަޖޫ ޖަހައި ރާއްޖެ ޓީޥީން ގެނެސްދިން ކޮންޓެންޓް ހިމެނޭ ވީޑިއޯގެ ސްކްރީން ޝޮޓެއް---
އޯޓިޒަމް ކުދިންނަށް ހަޖޫ ޖަހައި ރާއްޖެ ޓީޥީން ގެނެސްދިން ކޮންޓެންޓް ހިމެނޭ ވީޑިއޯގެ ސްކްރީން ޝޮޓެއް---
ޕްރޮގްރާމެއްގައި އޯޓިޒަމް ކުދިންނަށް ހަޖޫ ޖަހާފައިވާ މައްސަލަ ހޫނުވުމުން ރާއްޖެ ޓީވީން އެކަމަށް މާފަށް އެދިއްޖެ އެވެ،

އޯޓިޒަމް ހުންނަ ކުދިންނަށް ކުޑައިމީސްވާ ގޮތަށް ރާއްޖެ ޓީވީން ގެނެސްދިން "ކާލާބައިސާ" ޕްރޮގުރާމުގައި ވާޙަކަ ދެއްކީ ސިފައިންގެ ކުރީގެ ކާނަލެއް ކަމަށްވާ އަހުމަދު ފަޔާޒް އަލީ (ޕާޕާ) އާއި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އެެވެ.

އެގޮތުން ޕާޕާ ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމަލުތައް ހުންނަނީ އޯޓިސްޓިކް ކުއްޖެއްގެ އަމަލުތައް ހުންނަ ގޮތަށް ކަމަށެވެ. އެ ވާހަކައަށް ހިތްވަރުދެއްވި މޮސްޓާ ވަނީ އޯޓިސްޓިކްގެ އިތުރުން ޑައުން ސިންޑްރޯމްގެ ކުދިންނަށް ފުރައްސާރަ ރައްދުވާ ގޮތަށް ވެސް ވާހަކަ ދައްކާފައެވެ.

އެ ވާހަކަތައް ހޫނުވުމުން ރާއްޖެ ޓީވީން ރޭ ނެރުނު ބަޔާނުގައި ބުނީ ޕްރޮގްރާމްގައި ދެއްކި ވާހަކަތަކަކީ އޯޓިޒަމް ކުދިންނަށް ނިކަމެތިކަން އަންނަ ގޮތަށް ދެއްކި ވާހަކަތަކެއް ކަމަށް ބުނެ އެކި ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާތީ އެ ވާހަކަތަކުން އޯޓިޒަމް ކުދިންނަށް އެއްވެސް ނިކަމެތިކަމެއް އަންނަ ކަމަށް ގަބޫލުކުރެވޭނަމަ މާފަށް އެދޭ ކަމަށެވެ.

ނަމަވެސް ކަނޑައެޅިގެން އެއީ ގޯސް ކަމެއްކަން ގަބޫލުކޮށް މައާފަށް އެދިފައި ނުވާކަން ފާހަގަ ކުރެވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން