އިސްލާމް ދީނަށް ނަޞްރު ދިނުމަށް ވުރެ އިސްކަންދޭނެ ސިޔާސަތެއް ނޯންނާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ކީރިތި ޤުރުއާން ހިތުދަސްކޮށްފައިވާ ޙާފިޡުން ދަސްވެނިވުން ފުރަތަމަ ފަހަރަށް ފާހަގަކޮށް ސަނަދު ދިނުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މިސަރުކާރުގެ އެންމެ ފަޚުރުވެރި މަތިވެރި ޒިންމާއެއްގެ ގޮތުގައި ދެކެވަޑައިގަންނަވަނީ އިސްލާމްދީނަށް ނަސްރު ދިނުން ކަމަށެވެ. އެގޮތުން އަމަލީ ގޮތުންވެސް ސަރުކާރުގެ ކަންކަން ބައްޓަންވެފައި އޮންނާނީ އިސްލާމް ދީނަށް ނަސްރުދިނުމުގައި ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
"އެއަށްވުރެ އިސްކަން ދޭނެ ސިޔާސަތެއް މިސަރުކާރުގަ ނޯންނާނެ. " ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވީ ސިޔާސީ ޚިޔާލުތަފާތުވުންތަކުގެ ތެރޭގައި ވެސް އެކަކު އަނެކެއްގެ އަބުރަށް އަރައިގަތުމާއި އާއިލީ މައްސަލަތަކުގެ ތެރޭގައާއި އޮފީސް މާހައުލުގައި ވެސް އެކަކު އަނެކެއްގެ އިންސާނީ ކަރާމާތަށް އަރައިގަތުން އާންމުވެފައިވާ ކަމަށެވެ. ކީރިތި ގުރުއާނުގައި މުސްލިމުންނަށް ދަސްކޮށްދީފައިވާ އުޅުމަކީ އަދި އަޚުލާގަކީ ވެސް އެއީ ނޫން ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވަނީ، އަމަލުތަކާއި މެދު ވިސްނާ ގުރުއާނުގައި އޮތް ގޮތަށް އަމަލުތައް ބައްޓަންކުރުމަށް އިލްތިމާސްކުރައްވާފަ އެވެ. ގުރުއާނަށް އަމަލުކޮށްގެން ނޫނީ، މުޖުތަމައުން ގެއްލިގެން މިދާ ރީތި ސިފަތައް އަނބުރާ ނުގެނެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ އަނެއްމީހާ ދަށްކޮށްލާފައި ބޭނުންހާ އެއްޗެއް ބުނުމަކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމެއް ނޫން ކަމަށެވެ. އެގޮތުން ހައްޤުތަކާއެކީގައި ހުދޫދުތައްވާކަން ހަނދާންކުރަން ޖެހޭ ކަމަށްވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
"ހައްގުތަކާއި އެކީގައި އޭގެ ހުދޫދުތައް އޮވޭ. ރައިޓްސްއާ އެކީގައި އޭގެ ލިމިޓޭޝަންސް އޮވޭ. އެހެން ނޫނިއްޔާ އިންސާނީ މުޖުތަމައެއް ހެޔޮގޮތުގައި ކުރިއަކަށް ނުދާނެ. އަނެއް މީހާ އަކީ ތިމަންނަ ފަދައިން ކަރާމާތް ލިބިގެންވާ މީހެއްކަން ގަބޫލުކުރެވުމުން މި މުޖުތަމައު ރަނގަޅުވާނީ،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު