ފަގީރުންގެ ލިސްޓުގައި މިހާތަނަށް ރަޖިސްޓްރީކޮށްފައިވާ މީހުންނަށް ފިތުރު ޒަކާތުގެ ގޮތުގައި 4،500ރ. ބޮލަކަށް ބަހަން ނިންމައިފި އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި އަހަރު ފިތުރު ޒަކާތް ބަހާނީ ފަގީރުންގެ ދަފްތަރުގައި ތިބި އެންމެންނަށް އެއް ހަމައަކުން ކަމަށެވެ. އެ ބަދަލަކީ ޒަކާތުގެ މަގުސަދުގައި ހިމެނޭ އިޖުތިމާއީ އަދާލަތު ގާއިމުކުރަން ގެނެވުނު ބަދަލެއް ކަމަށް ޝަހީމް ވިދާޅުވިއެވެ.
"މީގެ ކުރިން މިކަން ކުރާ ގޮތަކީ އެރަށަކުން ލިބޭ އެއްޗެެއް އެކަނި އެރަށަކަށް ލިބެނީ. މިހެން މިކަން ކުރީމަ ބައެއް ރަށް ރަށުގައި ފަޤީރުންނަށް ލިބެނީ ވަރަށް މަދު އެއްޗެއް. މިހާރު ތަފާތަކީ މުޅިރާއްޖެއަކީ އެއްބައެއް ކަމުގައި ބަލައި އެގޮތުން ބެހުން. މިއީ ރާއްޖޭގެ ފިޠުރު ޒަކާތުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ގެނެވުނު މިފަދަ ބަދަލު،" ޝަހީމްގެ ޕޯސްޓުގައި ވިދާޅުވި އެވެ.
މިއަހަރު ފިޠުރު ޒަކާތަށް މިހާތަނަށް 12.4 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީ އިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު