ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން--
ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން--
ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުޙައްމަދު ޝަމްއާން ވަހީދު ބަންދުކުރި މައްސަލަ އިސްތިއުނާފްކުރުމަށް ހައި ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބޭރުކޮށްލައިފި އެވެ.

ބިދޭސީންތަކެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނެގި ކަމުގެ ތުހުމަތުގައި ޝަމްއާން ހައްޔަކުރުމުމަށް ފަހު މި މަހުގެ 20 ވަނަ ދުވަހު ވަނީ އޭނާގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިދީފަ އެވެ. ނަމަވެސް ޝަމްއާން މިދިޔަ ބުދަ ދުވަހު އެ މައްސަލަ ހައިކޯޓުގައި އޮތީ އިސްތިއުނާފްކޮށްފަ އެވެ.

ނަމަވެސް ހައިކޯޓުގެ ރެޖިސްޓްރީއިން ދައްކާ ގޮތުން އެ މައްސަަލަ ބަލައިނުގަތުމަށް އިއްޔެ ވަނީ ނިންމައި މައްސަލަ ބޭރުކޮށްލައިފަ އެވެ.

ފުލުހުން ކުރިން ބުނެފައިވާ ގޮތުން ގިނަ އަދަދެއްގެ ނަގުދު ފައިސާއާއެކު އިމިގްޜޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީންތަކެއް ގެންދިޔައިރު އޭގެތެރެއިން އެކަކު 530،000 ރުފިޔާއާއެކު ދޫކޮށްލީ ޝަމްއާންގެ އަމުރަށެވެ.

އެ މައްސަލަ ފުލުހުން ބަލަމުންދާ އިރު ޝަމްއާއެކު އިމިގްރޭޝަންގެ އިތުރު ހަތަރު އޮފިސަރަކުވެސް ހައްޔަރުކުރި އެވެ. އަދި ދެ އޮފިސަރެއްގެ ޕާސްޕޯޓް ހިފަހައްޓާފައިވާ އިރު ޝަމްއާންގެ އާއިލާގެ މީހެއްގެ ފޯނުވެސް ވަނީ ހިފަހައްޓައިފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން