ތައިލެންޑްއަށް އައި ބިންހެލުމުގައި އިމާރާތެއް ވެއްޓިފައި
ތައިލެންޑްއަށް އައި ބިންހެލުމުގައި އިމާރާތެއް ވެއްޓިފައި
ތައިލެންޑްއާއި މިޔަންމާއަށް އައި ބާރުގަދަ ބިން ހެލުމާ ގުޅިގެން އެ ދެ ގައުމުގައި އުޅޭ ދިވެހީންގެ ހާލު ދިވެހި ސަރުކާރުން ބަލަން ފަށައިފި އެވެ.

މިއަދު ހެނދުނު ރެކްޓާ މިންގަނޑުން 7.7 މެގްނިޓިއުޑްގެ ބާރު މިނުގައި އައި އެ ބިންހެލުމުގައި މިޔަންމާ އަދި ތައިލެންޑްގެ ބައެއް ހިސާބުތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. އަދި ބައެއް އިމާރާތްތައް ވެއްޓޭ މަންޒަރުތައް ފެންނަ ވިޑިއޯތައް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުން ނެވެ.

ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އެކްސްގައި މިއަދު ވިދާޅުވީ ތައިލޭންޑް އަދި މިޔަންމާއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން އެ ދެ ގައުމުގެ ހާލަތު ވަރަށް ކައިރިން ބަލަމުންދާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ތައިލޭންޑްގައި ތިބި ކަމަށް މިހާތަނަށް ފާހަގަކުރެވުނު ހުރިހާ ދިވެހިންގެ ހާލު ރަނގަޅު ކަމަށެވެ. އަދި މިޔަންމާގައި ދިވެއްސަކު ހުރިކަމުގެ މައުލޫމާތު އަދި ލިބިފައި ނެތް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން