ދެކުނު އިރުމަތީ އޭޝިޔާ ބައްރަށް އައި ބާރުގަދަ ބިންހެލުމުގައި، ތައިލެންޑާއި އަދި އެ ސަރަޙައްދުގެ އެތައް ބައެއްގެ ފުރާނަގެއްލި، ގިނަ ޢަދަދެއްގެ މީހުން ޒަޚަމްވެފައިވާތީ، ތައިލެންޑްގެ ބޮޑުވަޒީރު ޕެޓޮންގޓާން ސިނޮވަޓްރަ އަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސް މުޢިއްޒުގެެ މެސެޖުގައި ވަނީ، އެ ކާރިސާގައި މަރުވި މީހުންގެ އާއިލާތަކާއި ގެއްލުންލިބުނު މީހުންނަށް އިޚްލާސްތެރިކަމާއެކު ޙަމްދަރުދީ ފޮނުއްވާފައެވެ. އަދި މިހާދިސާގައި ގެއްލިފައިވާ މީހުން ހެޔޮޙާލުގައި ތިއްބާ ފެނުމަށާއި، ޒަޚަމްވެފައިވާ މީހުންނަށް އަވަސް ޝިފާއެއް ދެއްވުން އެދިވަޑައިގަންނަވާކަމަށް އެމަނިކުފާނުގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.
ކާރިސާގެ މި ދަނޑިވަޅުގައި ދިވެހި ރައްޔިތުން ތިބީ ތައިލެންޑްގެ ރައްޔިތުންނާ އެކުގައިކަން ހާމަކުރައްވަމުން ރައީސް މުޢިއްޒު ވިދާޅުވީ މީހުން ސަލާމަތްކުރުމުގެ މަސައްކަތާއި، ގެއްލުން ލިބުނު ސަރަހައްދު އަލުން އާރާސްތުކުރުމުގެ މަސައްކަތް އޮމާންކަމާއެކު ކުރިއަށްދާނޭކަމަށް އުއްމީދުކުރައްވާކަމަށެވެ.
މިޔަންމާ ގަޑިން 12:50ހާއިރު، 7.7 މެގްނިޓިއުޑުގެ ބާރުމިނުގައި އައި ބިންހެލުމުގެ އަސަރު އެސަރަހައްދުގެ ގިނަ ގައުމުތަކަށް ވަނީ ކޮށްފައެވެ. އެގޮތުން ދިވެހިން އާންމުކޮށް ގޮސް އުޅޭ ތައިލެންޑުގެ ވެރިރަށް ބެންކޮކަށް ވެސް ވަރަށް ބޮޑަށް ބިންހެލުމުގެ އަސަރު ކުރިއެވެެ. ބިންހެލުމުގެ ސަބަބުން އިމާރާތްތަކަށް ގުޑުން އަރައި، ބައެއް އިމާރާތްތައް ވެއްޓިފައިވާ ކަމަށް ރިޕޯޓް ތައް ބުނެއެވެ. ބިންހެލުމުގެ ސަބަބުން މިހާތަނަށް މިޔަންމާއިން 144 މީހަކު މަރުވެފައިވާއިރު، ތައިލެންޑުން ނުވަ މީހަކު ވަނީ މަރުވެފައެވެ. މިހާދިސާގައި އެއްވެސް ދިވެއްސަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް ދިވެހި ޚާރިޖިއްޔާ އިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު